ކެންސަރަށް ފަރުވާދޭ ހާއްސަ ހޮސްޕިޓަލަކާއި ތެލަސީމިއާ ކުދީންނަށް ފަރުވާދޭ ހާއްސަ ހޮސްޕިޓަލަކާއި އަންހެނުންނާ ކުޑަކުދީންނަށް ފަރުވާދޭ ހާއްސަ ހޮސްޕިޓަލެއް މި ދައުރުގައި މާލެ ސިޓީގައި ގާއިމުކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
މި އަހަރަށް ރައްޔިތުުންގެ މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި އެ މަނިކުފާނުގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ، ރަށްރަށުގެ ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅުކުރާއިރު ކޮންމެ ރަށެއްގައިވެސް އެ ރަށަކާ އެކަށޭނަ ލެބޯޓަރީއެއް ގާއިމުކޮށްދެއްވާނެ ކަމަށެވެ.
އަދި ރާއްޖޭގެ އެކި ސަރަހައްދުގައި ޓާޝަރީ ހޮސްޕިޓަލް ހެދުމަށް ސަރުކާރުން މި އަހަރު ފަށާ މަޝްރޫއު ފުރިހަމަވުމުން މާލެ ނައިސް ރަށާ ކައިރިން ސިއްހީ ފަރުވާ ހޯދޭނެ މަގު ފަހިވާނެ ކަމަށް ވިދާޅުވި އެވެ.
ސިއްހީ ދާއިރާގެ ތެރެއިން ހިންގުމަށް ނިންމާފައިވާ ބައެއް މަޝްރޫއުތައް އިއުލާން ކުރައްވަމުން ރައީސް ވިދާޅުވީ، ނަފުސާނީ ބަލިތަކަށް ފަރުވާދޭ ހާއްސަ ހޮސްޕިޓަލެއް ލ. އަތޮޅުގައި ތަރައްގީ ކުރައްވާނެ ކަމަށެވެ. އަދި ދަރުމަވަންތަ ހޮސްޕިޓަލުގެ ހިދުމަތްތައް ފުރިހަމަކުރަން ޒަމާނީ އިތުރު އިމާރާތަކާއި ވިލިމާލޭގައި 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލެއް ހަދާނެ ކަމަށްވެސް ވިދާޅުވި އެވެ.
އޭގެ އިތުރުން އައްޑޫ ހިތަދޫގައި ހުރި ހޮސްޕިޓަލް އަދި ކުޅުދުއްފުށީގައި ހުރި ހޮސްޕިޓަލްގެ ފެންވަރު މަތިކޮށް، މާލެ ނައިސް މައިގަނޑު ހުރިހާ ފަރުވާއެއް ލިބޭ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް މި އަހަރު ފައްޓަވާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
”އަޅުގަނޑުމެންގެ ތަސައްވުރާ އެއްގޮތަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިކަންކަން ފުރިހަމަވާއިރު، ރާއްޖެއިން ބޭރަށް ނުގޮސް ގިނަ ސިއްހީ ފަރުވާތައް ހޯދޭނެ. އަދި ފަރުވާ ހޯދުމަށް ހަސްފަތާލުތަކުގައި ކިޔޫގައި ގިނަ ދުވަހު އިންތިޒާރު ކުރަން ނުޖެހި އިރާދަކުރެއްވިއްޔާ އަވަސް ހިދުމަތް ލިބެން ފަށާނެ،“ ރައީސް ވިދާޅުވި އެވެ.

ގުޅުންހުރި
އަސާސީ ކާބޯތަކެތީގެ ލިސްޓަށް އިތުރުކުރި 23 ބާވަތް އެސްޓީއޯ އިން ބާޒާރަށް
ދެ ކޮންޓެއިނަރު ސިނގިރޭޓު ”ގެއްލުން“: އާއްޓޭގެ ބަންދަށް 15، ދިގަލީގެ ބަންދަށް
އެމްއޭސީއެލް އިންވެސް ރަސްމާލެ ހިއްކަން ފަށަނީ, މިއީ އެތަން ހިއްކަން ހަވާލުވާ
ވަޒީފާ ދިން ފަރާތަށް ފިލައިގެން އުޅޭ 5 މީހަކާއި ބިދޭސީން ރެކްރޫޓްކުރާ
މައުންޓް ލެވޮޓޮބީ ލަކި-ލަކި އަނެއްކާވެސް ގޮވައިފި, އަޅިތައް 10 ކިލޯމީޓަރު އުހަށް
ދަތުރު ކުރަމުންދިޔަ ބަހެއްގައި ރޯވެ 20 މީހަކު ފިހިގެން މަރުވެއްޖެ