މޯލްޑިވްސް މެރިން އެކްސްޕޯ (އެމްއެމްއީ)ގައި ހުންނަ އެމްޓީސީސީ ސްޓޯލްތަކަށް ޒިޔާރަތްކޮށްގެން އައިފޯން 15 އެއް ހޯދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ
މި އަހަރުގެ މެރިން އެކްސްޕޯ އަންނަ ބުރާސްފަތިން ހޮނިހިރު ދުވަހުގެ ނިޔަލަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ބާއްވަން ނިންމާފައިވާއިރު، އެ އެކްސްޕޯގައި އެމްޓީސީސީގެ ހަ ސްޓޯލެއް ހުންނާނެ އެވެ. އެއީ ކޭ1، ކޭ2 ގެ އިތުރުން ބީ1، ބީ2، ބީ3 އަދި ބީ4 އެވެ.
މޯލްޑިވްސް މެރިން އެކްސްޕޯއަކީ ކަނޑުގެ އުޅަނދުތަކާއި އެ އުޅަނދުތަކާ ގުޅުންހުރި ތަފާތު އުފެއްދުންތަކާއި އެ ތަކެތީގެ މައުލޫމާތު އާންމުނަށް ފޯރުކޮށްދިނުމަށް ކޮންމެ އަހަރަކު ކުލަގަދަކޮށް ކުރިއަށްގެންދާ އެކްސްޕޯއެކެވެ. މިއީ އެ އެކްސްޕޯ ބާއްވާ ނުވަ ވަނަ ފަހަރެވެ.









