ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލްހާން ފަހުމީ އިސްވެ ހުންނަވައިގެން، އޭނާގެ ކުންފުނި ކިންގްސް ކެޕިޓަލް ހޯލްޑިންގްސް އިން ހިންގި އޮންލައިން ކޮޕީ ޓްރޭޑިންއަށް އިންވެސްޓް ކުރި އިތުރު ދެ މީހަކަށް ދޭން ބުނި ފައިދާ އާއެކު އެއް މިލިއަނަށްވުރެ ގިނަ ރުފިޔާ ދައްކަން ސިވިލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.
ސިވިލް ކޯޓުން އެ ހުކުމް ކުރީ، ކިންގްސް ކެޕިޓަލް މޯލްޑިވްސް އާއި އެ ކުންފުނީގެ ދެ ހިއްސާދާރުންގެ ތެރެއިން އަލްހާނާއި ޝަހުބާން ފަހުމީއާ ދެކޮޅަށް ހުށަހެޅި ދެ މައްސަލައެއްގަ އެވެ.
އޭގެ ތެރެއިން އެ މައްސަލާގަައި ދައުވާކުރީ 258،750ރ. އަބުރާ ހޯދުމަށެވެ. އެއީ އޭނާ ސްކީމަށް އިންވެސްޓްކުރި 50،000ރ. އާއި ފައިދާގެ ގޮތުގައި ލިބެންޖެހޭ 225،000ރ. އަދި ކޯޓުގެ ހަރަދަށް ހިނގި 33،750ރ. ހިމެނޭ ގޮތަށެވެ.
ދެވަނަ މީހާ ދައުވާކުރީ ސްކީމަށް އިންވެސްޓުކުރި 200،000ރ. އާއި ފައިދާގެ ގޮތުގައި ލިބެން ޖެހޭ 580،000ރ. އަދި ކޯޓުގެ ހަރަދަށް ހިނގި 117،000ރ. ހިމެނޭ ގޮތަށް 897،000ރ. ހޯދުމަށެވެ.
ދައުވާ ލިބޭ ފަރާތްތަކުގެ ގައިރު ހާޒިރުގައި ކުރި އެ ދެ ހުކުމުގައި ވެސް އަލްހާނާއި ޝަހުބާން އަދި ކިންގްސް ކުންފުނީގެ މައްޗަށް ހުކުމް ކުރީ 7 މާޗުގެ ކުރިން އެ ފައިސާ ދެއްކުމަށެވެ.
އަލްހާންގެ ސްކީމުގައި ޖެހުނު މީހަކަށް 90،000ރ. އަދި އިތުރު ތިން މީހަކަށް ހަތް ލައްކައަށް ވުރެ ގިނަ ރުފިޔާ ދެއްކުމަށް ސިވިލް ކޯޓުން މިދިޔަ އަހަރުގެ މެއި އަދި ޑިސެމްބަރު މަހު ހުކުމްކޮށްފައިވެއެވެ.




ގުޅުންހުރި
ނޮވެމްބަރު 3 ގެ ޝަރަފުގެ ހާއްސަ އައްޑަނަ ރައީސް މައުމޫނަށް އަރުވައިފި
ވިސްނުން ބަހައްޓަންވީ ގައުމާ އެއްކޮޅަށް، އޭރުން މިނިވަންކަން ދެމިއޮންނާނެ: ރައީސް
ކޮޅުވެއްޓި ބަންޑުން ޖަހާލުން: ހާލު ސީރިއަސްވި ދިވެހި ޒުވާނާ ވެސް މަރުވެއްޖެ
ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާގައި ބިދޭސީއަކު މަރުވެއްޖެ
ކޮޅުވެއްޓިއެއް ބަންޑުން ޖަހާލުން: އަނިޔާވި މީހުންގެ އަދަދު 6 އަށް
ރައީސް މައުމޫނަށް ނޮވެމްބަރު 3 ގެ ޝަރަފުގެ ހާއްސަ އައްޑަނަ އަރުވަނީ