މާލޭގައި ސުލްހަވެރިކަމާއެކު އެއްވެ އުޅުމަށްޓަކައި އިތުރު ސަރަހައްދެއް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.
މިއަދު އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އިހްސާން ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅަކީ އެއްވެ އުޅުމުގެ މިނިވަންކަން ދެވެން އޮތް އެންމެ ފުޅާމިނެއްގައި ދިނުން ކަމަށެވެ.
”އެއްވެ އުޅުމުގެ ގާނޫނު އަޅުގަނޑުމެން އެއްކޮށް ދޫކޮށެއް ނުލަން. އެކަމަކު ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅަކީ އޭގެއިން ދެވެންޖެހޭ ލުއިތައް ދިނުމުގެ ކަންތައް. ހަފްތާ 14ގެ ތެރޭގައި އިއުލާނު ކުރާނަން ވަރަށް އަވަހަށް އޭގެއިން ކަނޑައަޅާ ލުއިތައް,“ މިނިސްޓަރު އިހުސާން ވިދާޅުވިއެވެ.
މިނިސްޓަރު އިހްސާން ވިދާޅުވީ ކުރިން ހުއްދައެއް ނުނަގައި މާލެ ސަރަހައްދުގައި އެއްވެ އުޅެވޭނެ ތަންތަން ރައީސް މުއިއްޒުގެ ހަފްތާ 14 ނިމުމުގެ ކުރިން އިއުލާނު ކުރައްވާނެ ކަމަށެވެ.
މީގެއިތުރުން އެއްވެ އުޅުމުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު ރައްޔިތުންގެ މަޖިލީހުން އަވަހަށް ފާސްކޮށްދެއްވުމަށް މިނިސްޓަރު އިހްސާން މިއަދު ވަނީ އެދިވަޑައިގެންފައެވެ.
ސަރުކާރުން ކަނޑައަޅާ ތަނެއްގައި އެއްވެ އުޅެވޭގޮތަށް ގާނޫނަށް އިސްލާހު ގެނެސްފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައެވެ. އެ އިސްލާހު އުވާލުމަށް އިތުރު އިސްލާހެއް ނިމިދިޔަ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި މަޖިލީހަށް ހުށަހެޅިއެވެ. ނަމަވެސް އެ އިސްލާހު އޮތީ ކޮމިޓީގައި ޕާކްކޮށްލާފައެވެ.



ގުޅުންހުރި
ގެވެށި އަނިޔާގެ މައްސަލައެއްގައި މީހެއްގެ ފޯނު ހިފެހެއްޓުމަށް ހުރަސް އެޅި މީހަކު
މޭޔަރު އާޒިމްގެ ތުހުމަތެއް: ވިޔަފާރި އުސޫލުން ހިންގަން ބުޅާ ފެސިލިޓީ ވަނީ
މިއީ މަތިވެރި ދަރުމަ ލިބުމުގެ އިތުރަށް ރޯދައަށް ތައްޔާރުވާންވީ މަސް: ހުތުބާ
ލޯކަލް ކައުންސިލު އިންތިހާބަށް އީސީން ޓިކްޓޮކް މުބާރާތެއް
ސްޓޭޓް މިނިސްޓަރު އަބްދުލްމަޖީދު މަގާމުން ވަކިކޮށްފި
ސާފް ފުޓްސަލް ޗެމްޕިއަންޝިޕް: ހަތަރުވަނަ މެޗުން ވެސް މޮޅެއް، ރާއްޖެ ޗެމްޕިއަންކަމާ