ފްލެޓެއް ލިބިފައިވާ ކަމަށް ބުނެ މީހަކަށް ގުޅައި، އޮޅުވާލައިގެން އޭނާގެ އޯޓީޕީ ހޯދައި އެކައުންޓުން 500،000ރ. ނަގައިފި އެވެ.
ފުލުހުން މިއަދު ބުނީ، އޮޅުވާލައިގެން އޯޓީޕީ ހޯދައި މީހެއްގެ އެކައުންޓުން ފައިސާ ނެގި މައްސަލަ ހުށަހަޅާފައިވާތީ، އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
މިދިޔަ ބުރާސްފަތި ދުވަހުވެސް ފްލެޓް ލިބިފައިވާ ކަމަށް ބުނެ އޮޅުވާލައިގެން މީހެއްގެ އަތުން ވަނީ ފައިސާ ނަގައިފަ އެވެ. އެ ފަހަރު މީހެއްގެ އަތުން އަތުލީ 200،000ރ. އެވެ.
އޮޅުވާލައިގެން ފައިސާ ހޯދުމުގެ މައްސަލަތައް އިތުރުވެފައިވާއިރު، ފުލުހުން އެކްސްގައި ކުރި ޕޯސްޓެއްގައި އެދިފައި ވަނީ އޯޓީޕީ އެއްވެސް މީހަކާ ހިއްސާ ނުކުރުމަށެވެ. އަދި އެފަދަ ހީލަތްތެރިންގެ ޝިކާރައަކަށް ނުވެ ފައިސާއަށް ރައްކާތެރިވާން ވެސް އެދިފައިވެ އެވެ.
”ފްލެޓް ކަށަވަރު ކުރުމަށް އެއްވެސް އިދާރާއަކުން އޯޓީޕީއެއް ނުފޮނުވާނެ،“ ފުލުހުން ބުނެފައިވެ އެވެ.

ގުޅުންހުރި
ޝާހިދުގެ ފާޑުކިޔުން ގަވަރުނަރަށް: ސިޔާސީ ފަރާތްތަކުގެ މުށުތެރޭ ނުހުރެ، ޒިންމާ އަދާކުރޭޭ!
ޑުރަގާއެކު އަންހެން ފުލުހަކު ހައްޔަރުކޮށްފި
4000 ފްލެޓް ލިބޭ މީހުންނާއެކު އެއްބަސްވުމުގައި ސޮއިކުރަން ފަށައިފި
އެމްޑީ ޝަރީފު ދެއްވާ ޔަގީންކަން: ލޯނުތައް ދެއްކުމުގެ ގާބިލުކަން އެމްއޭސީއެލްގައި އެބަ
ކަލްޓަން ރެފްރިޖަރަންޓް: ތިމާވެއްޓާ ރައްޓެހި އަދި އެންމެ ކުޑަ އަގުގައި މޯލްޑިވް
ހަތް ދުވަސް ވެއްޖެ، ޔާމީންގެ ހަބަރެއް ނުވޭ، ރާއްޖެއިން ބޭރަކަށް ނުފުރާ