ވިލިމާލޭ ކައިރީ ދެ ލޯންޗެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި 13 މީހަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން ބުނީ ވިލިމާލޭ ވޯޓާ ސްޕޯޓްސްއާ ދިމާލު ކަނޑުމަތީގައި ދެ ލޯންޗު ޖެހި އެކްސިޑެންޓް ހިނގާފައިވާ ކަމުގެ މައުލޫމާތު މިރޭ 19:18 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
އެ އެކްސިޑެންޓްގައި އަނިޔާވެގެން ޖުމްލަ 13 މީހަކަށް ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
އަނިޔާ ލިބުނު މީހުންގެ ތެރޭގައި ހިމެނެނީ އެފްކޯންސްގެ 10 މީހަކާއި އަނަންތަރާ ތިން ލޯންޗުގެ ތިން މީހެއް ކަމަށް ފުލުހުން ބުންޏެވެ.
އަނިޔާވި މީހުންގެ ތެރެއިން ހަ މީހަކު އިތުރު ފަރުވާއަށް އައިޖީއެމްއެޗަށް ވަނީ ގެންގޮސްފައެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި އޭގެތެރެއިން އެކެއްގެ މޫނު އޮތީ ޗިސްވެފައެވެ.




ގުޅުންހުރި
މާލޭ ހިޔާ ފްލެޓުން މީހަކު ވެއްޓި އަނިޔާވެގެން ފަރުވާދެނީ
އަރިދަފުސް ރޯގާ އިތުރުވަމުންދާތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފި
މިނަށްވުރެ ބަރުދަން މަތި މީހުންގެ ބަރުދަން ދަށްކުރަން ހަދާ ސާޖަރީގެ ހިދުމަތް
ހަވަނަ ބުރީގެ ސިޑިގޮޅިން މީހަކު ވެއްޓި މަރުވެއްޖެ
ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާގައި ބިދޭސީއަކު މަރުވެއްޖެ
މުޒާހަރާގެ ބައިވެރިއަކަށް ހާޓް އެޓޭކެއް ޖެހުން: ޕެޕާ ސްޕްރޭއަކުން ހާޓް އެޓޭކެއް