ށ. ފަރުކޮޅަށް ޕިކްނިކް ދިޔަ ބަޔަކަށް ކިނބުލެއް ފެނިއްޖެއެވެ.
ގާތްގަނޑަކަށް ނުވަ ފޫޓު ހުންނަ އެ ކިނބޫ މިހާރު ވަނީ ހިފާފައެވެ.
ށ. ފުނަދޫ ކައުންސިލްގެ ރައީސް އަހްމަދު އިބްރާހީމްފުޅު ވިދާޅުވީ ކިނބޫ ވިލު ތެރެއަށް ދެމިގަތީ ވެސް މަޅިޖަހައިގެން ހިފަން އުޅެނިކޮށް ކަމަށެވެ.
އޭނާ ވިދާޅުވީ އެ ކިނބޫ މިހާރު އޮތީ ފުނަދޫ ޕޮލިސްސްޓޭޝަންގެ ބެލުމުގެ ދަށުގައެވެ. މިގޮތަށް ހިފާ ކިނބޫތައް ގެންދަނީ ސިފައިންގެ ބެލުމުގެ ދަށަށެވެ.
މީގެކުރިން ވަނީ ދ. ކަނޑިންމަ ރިސޯޓުން ވެސް ކިނބުލެއް ހިފައިފައެވެ. އެ ކިނބޫ ވެސް ގެންދިޔައީ ސިފައިންގެ ބެލުމުގެ ދަށަށެވެ.



