އިޒްރޭލުގެ ޔަހޫދީ ސިފައިން ބަޑި ޖަހައި ޝަހީދުކޮށްލި ކުޑަކުއްޖެއްގެ ހަށިގަނޑު ވަގަށް ނަގާފައިވާ ކަމަށް ފަލަސްތީން ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކުރާ ޖަމިއްޔާ، ޑިފެންސް ފޮ ޗިލްޑްރެން ފަލަސްތީން (ޑީސީއައިޕީ) އިން ބުނެފި އެވެ.
އުމުރުން 16 އަހަރުގެ މުހައްމަދު ހިޝާމް މުހައްމަދު ޝެހަދާގެ ގަޔަށް އިޒްރޭލުން ބަޑި ޖަހައި ޝަހީދުކޮޮށްލީ ހުޅަނގު އައްސޭރީގައި މިދިޔަ އަންގާރަ ދުވަހު އެވެ. އޭނާގެ ގަޔަށް އިޒްރޭލުން ބަޑި ޖެހީ ވަޅިން ހަމަލާދޭން އުޅޭ ކަަމަށް ބުނެ އެވެ.
އެ ކުއްޖާގެ ހަށިގަނޑު ގެންދަން ފަލަސްތީން ރެޑް ކްރެސެންޓް ސޮސައިޓީގެ އެމްބިއުލާންސްއަކުން މަސައްކަތް ކުރި ނަމަވެސް އިޒްރޭލުގެ ސިފައިން ވަނީ އެކަމަށް ހުރަސް އަޅައިފަ އެވެ. އަދި ފަހުން އިޒްރޭލުގެ އެމްބިއުލާންސަކަށް ކުއްޖާގެ ހަށިގަނޑު އަރުވައިގެން ގެންދިޔަ ކަމަށް ޑީސީއައިޕީން ބުނެ އެވެ.
ހަށިގަނޑު ގެންދިޔައީ ކޮންތަނަކަށް ކަމެއް ނޭނގެ އެވެ.
މި ހަފުތާ ތެރޭގައިވެސް އިޒްރޭލުން ބަޑި ޖަހައި އިތުރު ދެ މީހަކު ވަނީ ޝަހީދުކޮށްލައިފަ އެވެ. އޭގެ ތެރޭގައި 11 އަހަރުގެ ކުއްޖަކާއި 19 އަހަރުގެ ޒުވާނަކު ހިމެނެ އެވެ.
ޑީސީއައިޕީން ބުނާ ގޮތުން އިޒްރޭލުން ފަލަސްތީންގެ ރައްޔިތުންނާ ދެކޮޅަށް އޮކްޓޯބަރު ހަތްވަނަ ދުވަހު ފެށި ގަތުލުއާއްމުގައި ހުޅަނގު އައްސޭރިން އެކަނިވެސް 108 ކުއްޖަކު ވަނީ ޝަހީދުކޮށްލައިފަ އެވެ.




ގުޅުންހުރި
އިސްރާއާއި މިއުރާޖުގެ ދަތުރުފުޅުން އެނގެނީ ކޮންމެ އުދަނގޫ ކަމަކާއެކު ފަސޭހަކަމެއް ވާނޭކަން
ނޭޝަނަލް އެންޓި ޑޯޕިން އެޖެންސީ އުފައްދައިފި
މޯލްޑިވްސް ޑިޖިޓަލް ސާވިސް އުފައްދައި އެންސީއައިޓީ އުވާލައިފި
ކައުންސިލު އިންތިހާބަށް ކުރިމަތިލުމަށް އަންނަ ހޮނިހިރު ދުވަހު ހުޅުވާލަނީ
ހިތަދޫގައި އުޅޭ ”އެސްކޭޕީ“ ގުރޫޕަކީ ގޭންގެއް ކަމަށް ކަނޑައަޅަން ހައިކޯޓަށް
ފާހަގަ ޖަހަންވީ ރަނގަޅު ނަމުގައި، ރަނގަޅު ނަމަކީ އާދަމް އާޒިމް: ވާވާ