ބޭނުންވާ ތަކެތި
- 700 އެމްއެލް ދިޔާކިރު
- ¼ ޖޯޑު ހަކުރު
- 2-3 މޭޒުމަތީ ސަމުސާ ކަސްޓަޑް ޕައުޑަރު
- 6 ފޮތި ޕާން (ކައިރި ކަފާފައި)
- 1 ޖޯޑު ވިޕިން ކްރީމް
- ¼ ޖޯޑު ގެރިކިރު
- ޑްރައި ފުރުޓްސް
- ނަޓްސް
ތައްޔާރުކުރާނެ ގޮތް
ތަވައަކަށް ކިރު އަޅައި ކިރުކޮޅު ކައްކާލާށެވެ. ދެން މީގެ ތެރެއަށް ހަކުރު އަދި ކަސްޓަޑް ޕައުޑަރު އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ. ދެން މި މިކްސް އޮލަވަންދެން ކައްކާލާށެވެ.
ޓްރޭއެއްގައި ޕާން ފޮތިތައް އަތުރާލުމަށްފަހު ކެއްކި ކަސްޓަޑް ޕައުޑަރު މިކްސް މީގެ މަތީގައި ފަތުރާލާށެވެ. މިގޮތައް ޕާން އަދި ކަސްޓަޑް މިކްސް ލޭޔާ ކުރަމުން ގެންދާށެވެ. އެއަށްފަހު މި މިކްސް ފްރިޖަށް ލައި 15 މިނެޓް ވަންދެން ފިނިކުރަން ބަހައްޓާލާށެވެ.
އެހެން ކޮންޓެއިނަރެއްގައި ވިޕިން ކްރީމް އަދި ގެރިކިރު އެއްކުރުމަށްފަހު ކުރިން ތައްޔާރުކުރި މިކްސްގެ މަތީގައި ފަތުރާލާށެވެ. އެއަށްފަހު ނަޓްސް އަދި ޑްރައި ފުރުޓްކޮޅު މީގެ މަތީގައި ފަތުރާލާށެވެ.
ފިނިކޮށްލައިގެން ކާލަން ވަރަށް މީރުވާނެއެވެ.

ގުޅުންހުރި
ޓްރީ ޓޮޕާއި އޭޑީކޭ އިން މިދިޔަ މަހު ފަރުވާ ހޯދި މީހުނަށް
ރުކުމާ އަނެއްކާވެސް އެހެން ކުންފުންޏަކަށް، މިފަހަރު ފެނަކައިން މޯލްޑިވް ގޭހަށް
ރަސްމާލޭގައި ފްލެޓް އެޅުމުގެ ފުރުސަތު ސިންގަޕޫރުގެ އިންވެސްޓަރުންނަށް ހުޅުވާލައިފި
މަޖީދީ މަގާއި ބޮޑުތަކުރުފާނު މަގުގައި ޕާކުކޮށްގެން 380 ސައިކަލާއި 40 ކާރު
ތެޔޮ އުފުލާ ދެ ދޯންޏެއްގައި ރޯވެ ދެ މީހަކު ފިހިއްޖެ
680 މިލިއަން ޑޮލަރުގެ އިންވެސްޓްމެންޓް ޔަގީންވެއްޖެ: ސައީދު