ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ރަސްމީ ގެކޮޅު ކަމުގައިވާ ހިލާލީގެއަށް އަދި ބަދަލުވެވަޑައިނުގަންނަވާ ކަމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ’ޗެނަލް 13’ގެ އޮންލައިން ވެބްސައިޓުގައި އެމަނިކުފާނާ ގުޅޭ ގޮތުން ލިޔެފައިވާ ހަބަރަކާ ގުޅިގެންނެވެ.
އެކަމާ ގުޅިގެން އެކްސްގައި ކުރެއްވި ނައިބު ރައީސް ވިދާޅުވީ އެއީ އެއްވެސް ހަގީގަތެއް އެކުލެވިގެންވާ ވާހަކައެއް ނޫން ކަމަށެވެ. އަދި އެފަދަ ދޮގު ހަބަރުތައް ފަތުރައި މުޖުތަމައު ފަސާދަކުރުން ހުއްޓާލުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.
ޗެނަލް13 ގެ ޚަބަރުގައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ”އުނދަގޫފުޅު ބޮޑެވެގެން“ އަދި ”ޖާސޫސްކުރައްވާތީ“ ނައިބު ރައީސް ހިލާލީ ގެއިން ނިކުމެވަޑައިގެންފައިވާ ކަމަށެވެ. އެގެއިން ނުކުމެވަޑައިގެން ބަދަލުވެވަޑައިގެންފައި ވަނީ ހުޅުމާލޭގައި ހުންނަ އެމަނިކުފާނުގެ އެޕާޓްމަންޓަކަށް ކަމަށް އެ ވެބްސައިޓްގައިވެއެވެ.
އެ ހަބަރުގައި ވަނީ ނައިބު ރައީސަށް ޖާސޫސް ކުރައްވަނީ، ހިލާލީގޭގޭ ޗީފް އޮފް ސްޓާފަކަށް އައްޔަންކޮށްފައިވާ ރައީސް މުއިއްޒުގެ އާއިލީ ބޭފުޅެއް ކަމަށްވާ މުހައްމަދު ވަހީދު ހަސަން މެދުވެރިކޮށް ކަމަށެވެ.
ނައިބު ރައީސް ވިދާޅުވީ ހިލާލީގެއަށް ބަދަލުވެވަޑައިގަތުން ލަސްވަނީ އެ ގެ މަރާމާތު ކުރަމުންދާތީ ކަމަށެވެ. އުންމީދު ކުރައްވަނީ މަރާމާތަށްފަހު ހަފްތާއެއްގެ ތެރޭގައި އެގެއަށް ބަދަލުވެވަޑައިގެންނެވޭނެ ކަމަށް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ގުޅުންހުރި
ރައީސްގެ ތަސައްވުރު: އެމްއެންޑީއެފްގައި އެއާފޯސްއަކާއި ނޭވީއަކާއި އާމީއެއްވެސް އުފެއްދުން!
ސިފައިންނަށް ވަސީލަތް ހޯދައިދޭތީ މަލާމާތްކުރާ މީހުނަށް ރައީސްގެ ރައްދު: ތިއީ ގައުމީ
ބިމެއް ވިއްކާނެ ކަމަށް ބުނެ މީހެއްގެ އަތުން ބައި މިލިއަން ނެގި
ތާރީހީ ދުވަހެއް: 40 އަހަރަށްފަހު ހަރަމްފުޅެއްގެ އިމާމަކު ރާއްޖެއަށް، ކިއީ ރަތް
މާލޭގެ ކެފޭއެއްގެ ތެރޭގައި ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާދީފި
ޓެކްސް ނުދައްކާ ކުންފުނިތަކުގެ ލިސްޓުގައި މަޝްހޫރު ލިޓަސް ގުރޫޕުގެ ދެ ކުންފުންޏެއް!