ބޭނުންވާ ތަކެތި
- 2 ބިސް
- 100ގ ހަކުރު
- 1 ސައިސަމުސާ ވެނީލާ އެސެންސް
- 100 އެމްއެލް ތެޔޮ
- 100ގ ޕްލެއިން ޔޯގަޓް
- ކުޑަ ލޮނުކޮޅެއް
- 150ގ ފުށް
- 1 މޭޒުމަތީ ސަމުސާ ބޭކިން ޕައުޑަރު
- ޗޮކްލެޓް ޗިޕްސް
ތައްޔާރުކުރާނެ ގޮތް
ކޮންޓެއިނަރަކަށް ބިސް އަދި ހަކުރު އެޅުމަށްފަހު ރަނގަޅަށް ގިރާލާށެވެ. ދެން މީގެ ތެރެއަށް ވެނީލާ އެސެންސް، ތެޔޮ، ޕްލެއިން ޔޯގަޓް އަދި ލޮނު އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ. އެއަށްފަހު މީގެ ތެރެއަށް ފުށް އަދި ބޭކިން ޕައުޑަރު އަޅައި، އެއްކޮށްލާށެވެ.
ފުށްގަނޑު ރަނގަޅަށް އެއްވުމުން މީގެ ތެރެއަށް ޗޮކްލޭޓް ޗިޕްސް އެޅުމަށްފަހު އެއްކޮށްލާށެވެ.
ކަޕް ކޭކް ފިހާ ޓްރޭއެއްގައި ކަރުދާސް އެޅުމަށްފަހު މީގެ ތެރެއަށް ތައްޔާރުކުރި މިކްސް އަޅާލާށެވެ. މިކްސް އަޅާއިރު އަޅަން ވާނީ ކަޕްކޭކް ތެޕާގެ 2 ބައިކުޅަ އެއްބަޔަށް ވާވަރަށެވެ. އެއަށްފަހު 180 ޑިގްރީ ސެލްސިއަސް އަށް ހޫނުކުރެވިފައިވާ އަވަން އެއްގައި 15 މިނެޓް ވަންދެން މި ކޭކުތައް ފިހެލާށެވެ.




ގުޅުންހުރި
ރިސޯޓެއްގެ ޑަސްބިނުން ފެނުނު ކުއްޖާގެ ޖަނާޒާ ބާއްވައިފި
ގިނަ ތުހުމަތުތަކަކާއެކު ޝަހީދު ލެގަސީ، ”ޓޫއޮފްއަސް“ އިން ވަކިވެއްޖެ
ރަސްފަންނު މޫދުގައި ތޫނު އިތާތަކެއް
މަސައްކަތް އަދި މި ފެށުނީ، އެމްޑީޕީން އެކުގައި ނުކުމެ އިންތިހާބު ބޮޑުތަނުން
ކައުންސިލު އިންތިހާބަށް ކުރިމަތިލާން ހުޅުވާލައިފި
އެމްޑީޕީގެ މާލޭގެ މޭޔަރު ޓިކެޓު އާދަމް އާޒިމް ކާމިޔާބުކުރައްވައިފި