ނިމިދިޔަ އަހަރު ދައުލަތަށް އަނބުރާ ހޯދަން އެންގި 50.3 މިލިއަން ރުފިޔާގެ ތެރެއިން ދައުލަތައް އަނބުރާ ހޯދިފައިވަނީ 200،000 ރުފިޔާ ކަމަށް އޭސީސީން ބުނެފިއެވެ.
އޭސީސީގެ އަހަރީ ރިޕޯޓުގައިވާ ގޮތުން އޭސީސީން ވަނީ 74 މިލިއަން ރުފިޔާ ދައުލަތަށް ލިބެންޖެހޭ ކަމަށް ނިންމައިފައެވެ. އޭގެ ތެރެއިން ދައުލަތަށް އަނބުރާ ހޯދުމަށް އެދިފައިވަނީ 50.3 މިލިއަން ރުފިޔާ ކަމަށް އޭސީސީން ބުންޏެވެ. ނަމަވެސް އެ 50.3 މިިލިއަން ރުފިޔާގެ ތެރެއިން ދައުލަތަށް އަނބުރާ ހޯދިފައިވަނީ އެންމެ ދެ ލައްކަ ރުފިޔާ ކަމަށެވެ.
އޭސީސީން ވަނީ 2019 ގައި 160 މިލިއަން ދައުލަތަށް އަނބުރާ ހޯދުމަށް އެކި އިދާރާތަކުގައި އެދިފައެވެ. 2022 ވަނަ އަހަރު ވަނީ 35 މިލިއަން ދައުލަތަށް އަނބުރާ ހޯދުމަށް އިދާރާތަކުގައި އެދިފައެވެ.
ދައުލަތަށް އަނބުރާ ފައިސާ ހޯދުމަށް އެންގުމުގެ ބާރު އޭސީސީއަށް ލިބިފައިވި ނަމަވެސް އެ ފައިސާ ހޯދުމުގައި އޭސީސީގެ އެއްވެސް މަސްއޫލިއްޔަތެއް ނޯންނާނެ ކަމަށް އޭސީސީން ވަނީ އަހަރީ ރިޕޯޓުގައި ބަޔާންކޮށްފައެވެ.

ގުޅުންހުރި
ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް އަމާޒުވެފައި ވަނިކޮށް އޭސީޕީ ދާއޫދު ޗުއްޓީއަށް
ރިފްއަތު ވެސް އޭސީސީއަށް ހާޒިރުވާން އަންގައިފި
ފައްޔާޒަށް ތުހުމަތުވާ ކޮރަޕްޝަންގެ މައްސަލާގައި ސައުދުﷲ: ބަދަލު ދިނީ ދައުލަތަށް ފައިދާވާ
މޯލްޑިވް ގޭސްގެ ކުރީގެ އެމްޑީ މާނު 12 އަހަރަށް ޖަލަށް!
ފެނަކަ ސައީދުގެ މައްޗަށް ކޮރަޕްޝަންގެ ކުށް ސާބިތުވެ، ހަތަރު އަހަރަށް ޖަލަށް
ހާޒިރުނުވާ މުވައްޒަފެއްގެ ނަމުގައި މުސާރަ ނެގި މައްސަލަ 10 އަހަރު ފަހުން