ބޭނުންވާ ތަކެތި
- 200ގ ޑާރކް ޗޮކްލޭޓް
- 115ގ ބަޓަރު (ދިޔާކޮށްފައި)
- 2 ބިސް
- 50ގ ބްރައުން ޝުގާ
- 50ގ ހަކުރު
- 1 ސައިސަމުސާ ވެނީލާ އެސެންސް
- 60ގ ފުށް
- 30ގ ކޮކޯ ޕައުޑަރު
- ¼ ސައިސަމުސާ ބޭކިންގ ޕައުޑަރު
ތައްޔާރުކުރާނެ ގޮތް
ކޮންޓެއިނަރަކަށް ޑާކް ޗޮކްލެޓް އަދި ބަޓަރު އެޅުމަށްފަހު ޗޮކްލެޓް ދިޔާކޮށްލާށެވެ. އެހެން ކޮންޓެއިނަރެއްގައި ބިސް، ހަކުރު، ބްރައުން ޝުގާ އަދި ވެނީލާ އެސެންސް ރަނގަޅަށް އެއްކޮށްލުމަށްފަހު މީގެ ތެރެއަށް ކުރިން ދިޔާކުރި ޗޮކްލޭޓެކޮޅު އަޅައި އެއްކޮށްލާށެވެ.
އެއަށްފަހު މީގެ ތެރެއަށް ފުށް، ކޮކޯ ޕައުޑަރު އަދި ބޭކިން ޕައުޑަރު އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ.
ޓްރޭއެއްގައި ބަޓަރު ހޭކުމަށްފަހު މި މިކްސް ޓްރޭއަށް އަޅައި 180 ޑިގްރީ ސެލްސިއަސްއަށް ހޫނުކުރެވިފައިވާ އަވަންއެއްގައި 25 – 30 މިނެޓް ވަންދެން ފިހެލާށެވެ.




ގުޅުންހުރި
އެޑްމިޓް ކޮށްފައިވާ އުމްރާވެރިއަކު ރާއްޖެ ގެންނަނީ
ބައްސާމް އިތުރު 23 އަހަރަށް ޖަލަށްލައި، 44 މިލިއަން ރުފިޔާ އިން
ތޮއްޑު އަށް އަންނަ މަހު ސީޕްލޭންގެ ދަތުރުތައް ފަށަން ނިންމައިފި
އެޗްއާރުސީއެމްގެ ރައީސަކަށް ރަމީލާ އައްޔަން ކުރަން މަޖިލީހުން ފާސްކޮށްފި
ކޯޓަށް ހާޒިރުކުރުމުން މަޑޫރޯ ވިދާޅުވީ ކުށެއް ކޮށްފައިނުވާނެ ކަމަށް
ދުނިޔޭގައި މިވަގުތު އޮތް އެންމެ ބޮޑު ޑްރެޖަރު ގެނެސް ދިއްދޫ ބިން