ބޭނުންވާ ތަކެތި
- ½ ކިލޯ ބޯންލެސް ޗިކަން (ފިހެފައި، ވީދާފައި)
- 1 މޭޒުމަތީ ސަމުސާ ލުނބޯ ހުތް
- 1 ސައިސަމުސާ އޮނިއަން ޕައުޑަރު
- 1 ސައިސަމުސާ ގާލިކް ޕައުޑަރު
- ރަހަލާވަރަށް ލޮނު
- ½ ސައިސަމުސާ އަސޭމިރުސް
- 1 ޖޯޑު މޮޒަރެއްލާ ޗީޒް (ގާނާފައި)
- ޓޯޓިލާ
ސޯސް ތައްޔާރުކުރުމަށް ބޭނުންވާ ތަކެތި
- 2 މޭޒުމަތީ ސަމުސާ ބަޓަރު
- 1 ސައިސަމުސާ ލޮނުމެދު ޕޭސްޓް
- 2 މޭޒުމަތީ ސަމުސާ ފުށް
- 1 ޗިކަން ކިއުބް
- ½ ޖޯޑު ޕްލެއިން ޔޯގަޓް
- ½ ޖޯޑު ކްރީމް ޗީޒް
- 1 ސައިސަމުސާ އަސޭމިރުސް
- 1 ޖޯޑު މޮޒަރެއްލާ ޗީޒް
ތައްޔާރުކުރާނެ ގޮތް
ތަވައަކަށް ތެޔޮކޮޅެއް އެޅުމަށްފަހު ކުކުޅުކޮޅު، ލޮނު އަދި އަސޭމިރުސް ކޮޅެއް ލާފައި ފިހެލާށެވެ. ދެން މި ކުކުޅުތައް ކޮންޓެއިނަރަކަށް އެޅުމަށްފަހު ވީދާލާށެވެ. ދެން މީގެ ތެރެއަށް ލުނބޯ ހުތް، އޮނިއަން ޕައުޑަރު، ގާލިކް ޕައުޑަރު، އަސޭމިރުސް އަދި ޗީޒް އެޅުމަށްފަހު އެއްކޮށްލާށެވެ.
ޓޯޓިލާތައް ތަވާމަތީގައި ފިހެލުމަށްފަހު މީގެ މަތީގައި ތައްޔާރުކުރި ފިލިން ކޮޅެއް ފަތުރާލާށެވެ. އެއަށްފަހު ރޮށި އޮޅާހެން މި ޓޯޓިލާ އޮޅާލާށެވެ.
ޓްރޭއެއްގައި މި ރޮށި ރޯލްތައް ކައިރިކައިރީގައި އަތުރާލުމަށްފަހު ބާކީ ފިލިންކޮޅެއް ހުރި ނަމަ އެ ފިލިންކޮޅުވެސް މި ޓްރޭގައި ފަތުރާލާށެވެ.
ތަވައަކަށް ބަޓަރުކޮޅު އެޅުމަށްފަހު މީގެ ތެރެއަށް ފުށްކޮޅު އަޅައި އެއްކޮށްލާށެވެ. ދެން މީގެ ތެރެއަށް ޗިކަން ކިއުބް އަދި ފެންފޮދެއް އެޅުމަށްފަހު ފުށްގަނޑުތައް ފިލުވާލާށެވެ. ދެން މި ތަވާ އުނދުން މަތިން ބޭލުމަށްފަހު މީގެ ތެރެއަށް ޔޯގަޓް އަދި ކްރީމް ޗީޒް އަޅައި ރަނގަޅަށް އެއްކޮށްލާށެވެ. އެއަށްފަހު މީގެ ތެރެއަށް އަސޭމިރުސްކޮޅު އަޅައި އެއްކޮށްލާށެވެ. ދެން މި ތައްޔާރުކުރި ސޯސް ކުރިން ތައްޔާރުކުރި ޓްރޭއަށް އަޅައި ރޮށިތަކުގެ މަތީގައި ފަތުރާލާށެވެ. އެއަށްފަހު މީގެ މަތީގައި ޗީޒްކޮޅު ފަތުރާލައި 180 ޑިގްރީ ސެލްސިއަސްއަށް ހޫނުކުރެވިފައިވާ އަވަންއެއްގައި 25 މިނެޓްވަންދެން ފިހެލާށެވެ.




ގުޅުންހުރި
ފާހިޝް ކަންކަމަށް މަގުފަހިވާ ތަކެތި ފެތުރުމާއި އާންމުކުރުމުން ދުރުހެލިވާން ޖެހޭ: ހުތުބާ
ރައީސްގެ ބައްދަލުވުންތަކުގެ ކުރިން ސުވާލު ނުވަތަ ހިޔާލު ހުށަހަޅަން ނުޖެހޭނެ: ހީނާ
ގަހަކުން ގެއްލުން ލިބޭ ނަމަ، އިސްކުރަންޖެހޭނީ އިންސާނުންގެ މަސްލަހަތު: ޝަހީމް
ޖިންސީ ފުރައްސާރަކުރިކަން ސާބިތުވުމުން، ފެރިދޫ ކައުންސިލްގެ ރައީސް ސަސްޕެންޑްކޮށްފި
ނުރައްކާތެރިކޮށް ވެހިކަލް ދުއްވާނަމަ 20 އަހަރަށް ޖަލަށްލެވޭ ގޮތް ހަދަނީ
ކައުންސިލްތަކުގެ ސައިޒް ކުޑަކުރުމަށް މަޖިލީހުން ފާސްކޮށްފި