ބެލްޖިއަމްއަށް އެތެރެކުރަން އުޅުނު 7.2 ޓަނަށްވުރެ ގިނަ ކޮކެއިން ބޮލީވިއާގެ ފުލުހުން އަތުލައިގެންފި އެވެ.
މިއީ ދެކުނު އެމެރިކާގެ މެދު ތެރެއަށް ނިސްބަތްވާ ބޮލީވިއާގެ ތާރީހުގައި ދެވަނައަށް އެންމެ ބޮޑު ޑުރަގް ބަސްޓެވެ. ރިޕޯޓްތައް ބުނާ ގޮތުން، އެ ޑުރަގް އަތުލައިގަތީ ޗިލީއާ ގުޅޭ ބޯޑަރު ކައިރީގައި އޮންނަ ޕިސިގާ ސަރަހައްދުގައި ހިންގި އޮޕަރޭޝަނެއްގަ އެވެ.
އެގޮތުން އެ ޑުރަގް ފެނުނީ ދެ ލޮރީއަކަށް ބަރުކޮށްފައި ހުރި ބާދަގަނޑުތަކެއްގެ ތެރެއިން ކަމަށާއި އެ ތަކެތި އެތެރެކުރަން އުޅުނީ ޗިލީގެ ޕޯޓުން ޔޫރަޕަށް ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ބޮލީވިއާގެ ދާހިލީ ވަޒީރު އެޑުއާޑޯ ޑެލް ކަސްޓިލޯ ވިދާޅުވި ގޮތުގައި އަތުލައިގެން ތަކެތީގެ އަގު 450 މިލިއަން އެމެރިކާ ޑޮލަރު (7 ބިލިއަން ދިވެހި ރުފިޔާ) އަރާނެ ކަމަށެވެ. އަދި އެ ޑުރަގް ވިއްކަން އުޅުނު މީހާ ބޮލީވިއާ އިން ފިލައިގެން އެމެރިކާއަށް ގޮސްފައިވާ ކަމަށް ވިދާޅުވި އެވެ.
ބޮލީވިއާގެ ތާރީހުގައި އެންމެ ގިނަ އަދަދެއްގެ ޑުރަގް އަތުލައިގަތީ މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައެވެ. ޗިލީގެ ބޯޑަރު ސަރަހައްދުން އެ ފަހަރު އަތުލައިގެން ޑުރަގުގެ ބަރުދަނުގައި އަށް ޓަނު ހުރި ކަމަށް ރިޕޯޓްތައް ބުނެ އެވެ.




ގުޅުންހުރި
އިސްރާއާއި މިއުރާޖުގެ ދަތުރުފުޅުން އެނގެނީ ކޮންމެ އުދަނގޫ ކަމަކާއެކު ފަސޭހަކަމެއް ވާނޭކަން
ނޭޝަނަލް އެންޓި ޑޯޕިން އެޖެންސީ އުފައްދައިފި
މޯލްޑިވްސް ޑިޖިޓަލް ސާވިސް އުފައްދައި އެންސީއައިޓީ އުވާލައިފި
ކައުންސިލު އިންތިހާބަށް ކުރިމަތިލުމަށް އަންނަ ހޮނިހިރު ދުވަހު ހުޅުވާލަނީ
ހިތަދޫގައި އުޅޭ ”އެސްކޭޕީ“ ގުރޫޕަކީ ގޭންގެއް ކަމަށް ކަނޑައަޅަން ހައިކޯޓަށް
ފާހަގަ ޖަހަންވީ ރަނގަޅު ނަމުގައި، ރަނގަޅު ނަމަކީ އާދަމް އާޒިމް: ވާވާ