ނޮވެމްބަރ 22, 2024

އިސްލާމްކަމުގައި އެންމެ މުހިންމީ ތައުޙީދު ޤާއިމު ކުރުމެވެ

އިސްލާމްދީނަކީ މުޅި ޢާލަމްތަކަށް ރަޙްމަތެއް ކަމުގައި ބާވައިލެއްވުނުދީނެވެ. މި ދީން ރަޙުމަތަކަށް ވަނީ މި ދީން ބާވައިލެއްވި އިލާހު އެ ގޮތަށް އެކަން ކަނޑައެޅުއްވީމަވެ. މި ދީނުގެ ރަޙުމަތް މީސްތަކުންނަށް ފޯރަނީއެއްކައުވަންތަ އިލާހުގެ އޯގާވަންތަ ކަމުންނެވެ. މި އޯގާވަންތަކަމާ ރަޙުމަތްދެއްވިކަމަށްޓަކައި އިންސާނުން އެ އިލާހަށް ޝުކުރުވެރިވުން އެއީ ކޮންމެހެންކުރަން ޖެހޭނެކަމެކެވެ.

ކަންމިހެން އޮތްއިރު ﷲއަށް ޝުކުރު ކުރުމަކީ އެ އިލާހު ދެއްވި ނިޢުމަތްއެއިލާހު ރުހިވޮޑިގަންނަވާ ގޮތުގައި ބޭނުން ކުރުމެވެ. އެ އިލާހު ދެއްވި އެންމެބޮޑު ނިޢުމަތަކީ ބުއްދިއާއި ހިތެވެ. ބުއްދިއެއީ ދެނެގަތުމަށެވެ. ހިތް އެއީ އެދެނެގަތް ދެނެގަތުމުގެ ފަހުމް ތަރުޖަމާ ކުރުމަށެވެ. ތަރުޖަމާ ކުރެވެނީގުނަވަންތަކުންނެވެ. އެއީ އަޅުމަކެވެ. އަޅުކަން ބިނާވެގެންވަނީ ހިތުގެނިޔަތުގެ މައްޗަށެވެ.

އެހެންކަމުން އަޅުކަމުގައި ހިތުގެ ނިޔަތް ހަމައެކަނި އަށްޚާލިޞްކުރުމީ އެންމެ މުހިއްމު ކަންތަކެވެ. އެއީ އިންސާނާގެ ޢަމަލުތަކުން سبحانه و تعالىގެ އެއްކައުވަންތަކަމަށް ހެކިދިނުމެވެ. އިސްލާމްކަމުގައިއެންމެ މުހިއްމީ ތައުޙީދު ޤާއިމުކުރުމެވެ. ގެ ޙައްޤުގައި އިންސާނާއަށްކުރެވޭނެ އެންމެ މަތިވެރި ކަމަކީ ވެސް ތައުޙީދު ޤާއިމް ކުރުމެވެ. އެންމެ ރިވެތިމާތް މަޖިލިހަކީ، އެ މަޖިލިހެއްގައި ގެ ޒިކުރު ކުރެވޭ މަޖިލިހެވެ. އެ އިލާހަށްއަދާކުރަންޖެހޭ ޙައްޤުތަކުގެ ވާހަކަ ދެކެވޭ މަޖިލިހެވެ. އެ ވާހަކައީ ﷲގެއެއްކައުވަންތަކަމުގެ ވާހަކައެވެ.

ތައުޙީދޭ މި ބުނެވެނީ އެންމެ މަތިވެރި ކަލިމައަށެވެ. [لا إله إلا الله] މި ކަލިމައެވެ.  މި ކަލިމައަކީ ނަބިއްޔާ صَلَى اللهُ عَلَيْهِ وَسَلَّمގެ މިއްލަތްއޭގެމައްޗަށް ބިނާކުރެވިގެން އައި ކަލިމައެވެ. ޤިބުލަ ނިސްބަތް ކުރެވޭކަލިމައެވެ. ރަސޫލުން އެ ކަމަކަށްޓަކައި ފޮނުއްވުނު ކަލިމައެވެ. ފޮތްތަށް އެއަކަށްޓަކައި ބާވައިލެވުނު ކަލިމައެވެ. ދީނުގެ ޙުކުމްތައް އެ މައްޗަށް ޝަރުޢުކުރެވުނު ކަލިމައެވެ. އެހެންކަމުން އިބްނު ޢުޔައިނާ ވިދާޅުވެފައިވަނީ އެމީހަކަށް  [لا إله إلا الله] މި ކަލިމަ ފަހުމް ވުމުގެ ނިޢުމަތައްވުރެ ވަކިންމަތިވެރި، މާތް، ޠާހިރު، ޗާލު، ފުރިހަމަ، ރިވެތި، ނިޢުމަތެއް سبحانه و تعالىގެ އެއްވެސް އަޅަކަށް ނިޢުމަތުގެ ގޮތުން ދެއްވަވައިފައި ނުވާކަމުގައެވެ.

ކަންމިހެން އޮތްއިރު ތައުޙީދު ޤާއިމުކުރުމަކީ އަޅުންގެ މައްޗަށްވާ ގެޙައްޤެވެ. އެ އިލާހުގެ އެއްކައުވަންތަކަމަށް ހެކިނުވާ އެއްވެސް އުއްމަތަކީ،މުޖްތަމަޢަކީ، ޢާއިލާއަކީ، އަފްރާދަކީ، ގެއްލުމާއި ހަލާކުގެ އަނދަވަޅެއްގެމަދީގައިވާ މީހުންނެވެ. މައްކާގެ ޤުރައިޝުންނަކީ އެފަދައިން ވީ ބައެކެވެ. އެބައިމީހުންގެ މައްޗަށް ޙައްޤުދީން ބާވައިލައްވައި އެ ކަމުގެ ދަރުސްތަކުންފިލާވަޅުކިޔައިދޭނޭ ނަބިއްޔަކު ﷲގެ ރަޙުމަތުން ފޮނުވުމުން ދެންވެސްބޮޑާކަމާއި ކިބުރުވެރިކަމުގައި އެމާތް ކަލޭގެފާނަށް ތަބަޢަނުވެ، އެކަލޭގެފާނުގެންނެވި ތަކެއްޗަށް އިންކާރު ކުޅައީއެވެ.

[لا إله إلا الله] މި ކަލިމައަކީ އޭގެ ބުރަދަން ދުނިޔެއާއި ދުނިޔޭގައި ވާހުރިހާ އެއްޗަކާއި ކަމަކަށްވުރެ އަދި އުޑުތަކާއި އުޑުތަކާއި އެއުޑުތަކުގައިވާ ހުރިހާއެއްޗަކާއި ކަމަކަށްވުރެ ވަޒަނުގައި ބަރު ކަލިމައެކެވެ. ބުނުމުގައި ހަރު ކަލިމައެކެވެ. އެއާ އެއްފަވަރު ހަމަ އެކައްޗެއް ވެސް ނުވެއެވެ.

މޫސާ ޢަލައިހިއްސަލާމް އަކީ ހުރިހާ ރަސޫލުންނާއި ނަބިއްޔުންގެތެރެއިން ޚާއްޞަ ކަމެއް ލިބިގެންވާ ރަސޫލެކެވެ. ތަޢާލާވަނީ އެކަލޭގެފާނާސީދާސީދަލަށް ބަސްވަޙީ ކުރައްވާފައެވެ. ﴿ وَكَلَّمَ اللَّهُ مُوسَىٰ تَكْلِيمًا﴾ ( النساء: ١٦٤)މާނައީ: [މެދުވެރިއެއްނެތި މޫސާގެފާނަށް اللَّه ބަސްފުޅުވަޙީކުރެއްވިއެވެ.] މި މަތިވެރި އުލުލް ޢަޒްމުގެ ރަސުލާ، އެކަލޭގެފާނަށް ޚާއްޞަޒިކުރެއް ދަސްކޮށްދެއްވުމަށް އެދި ﷲގެ ޙަޟްރަތުގައި އެއްދުވަހަކުދެންނެވިއެވެ. ޖަވާބުގައި އެކަލޭގެފާނަށް ވަޙީ އިއްވެވުނީ [لا إله إلا الله] މިކަލިމަ ވިދާޅުވުމަށެވެ. ދެން ހަމަ އެހިނދުން އެކަލޭގެފާނު ދެންނެވިއެވެ. [ތިޔަކީ އެންމެ ވެސް ކިޔާއުޅޭ ކަލިމައެކެވެ. އާންމު ކަލިމައެކެވެ. އެހްނެމީހުންއެ ކަލިމައެއް ނުދަންނަ ޚާއްޞަ ޒިކުރެއް، ތިމަންކަލޭގެފާނު އެކަނި އެޒިކުރަކުން އިބައިލާހަށް ޒިކުރު ދަންނަވާނެ ކަލިމައެއް ބުނެދެއްވާށެވެ!] އިލާހީ ޖަވާބުފުޅު އައީ މިފަދައިންނެވެ. [އޭ މޫސާގެފާނެވެ. އުޑާއި ބިމާއި،އެދެމެދުގައިވާ ހުރިހާ ތަކެއްޗެއް މީޒާނުގެ އެއްކޮޅަށް ލާފައި އަނެއްކޮޅަށްމިކަލިމަ ލައިފި ނަމަ، ދެން ވެސް ބަރުވާނީ [لا إله إلا الله] މި ކަލިމައޮތްފަޅިއެވެ.

[لا إله إلا الله] މި ކަލިމައަކީ އިންސާނާގެ ޙަޔާތުގައި އެންމެއިސްކަމެއް ދޭންޖެހޭ ކަލިމައެވެ. އިސްލާމްކަމުގައި އެންމެ މުހިއްމީ ތައުޙީދުޤާއިމު ކުރުމެވެ. އެކަން ޤާއިމު ކުރެވޭނީ ޝަހާދަތުގެ ކަލިމަ ކިޔައި އެއަށްއީމާންވެ ހިތުން ދެތުކޮށް ޤަބޫލު ކޮށްގެންނެވެ. އީމާންކަމަކީ އެއީއެވެ. الْإِيْمَانُ قَوْلٌ بِاللِّسَانِ وَتَصْدِيْقٌ بِالْقَلْبِ وَعَمَلٌ بِالْجَوَارِحِ وَأَنَهُ يَزِيْدُ وَيَنْقُصْ. އީމާންކަމަކީ ދުލުން މިކަލިމަ ކިޔުމާއި، ހިތުގައިޝައްކުކަމެއްނެތި ޤަބޫލު ކުރުމާއި، ބޭރުފުށުގެ ޢަމަލުތަކުން އެކަން ދެއްކުމެވެ. އަދި މިއީ އުނިވެ އިތުރުވާ ކަންކަމެވެ.

އަޅުގަނޑުމެންގެ އީމާންކަން އުނިވިޔަނުދީ ހިފަހައްޓައި، އީމާންކަން ތާޒާކޮށް އިތުރުކުރާން އޮތް އެންމެ މޮޅު ދުވަސްތަކަކީ ރަމަޟާންމަހުގެ ދުވަސްތަކެވެ. މިއީ އެކަމަށް ޓަކައި ﷲ ލައްވައިފައި ވާ ދުވަސްތަކެކެވެ. މި ދުވަސްތަކުގެ ބޭނުން އެދެވޭ ގޮތުގައި ހިފައި ފުރުހަމަ އިސްލާމުންގެ ގޮތުގައި ކުރިއަރައިދާން ނިޔަތްގަންނާށެވެ. އިސްލާމްކަމުގައި އެންމެ މުހިންމީ ތައުޙީދު ޤާއިމުކުރުންކަން ދެނެތިބެ، ތައުޙީދުގެ އަހުލުވެރީން ކަމުގައި ވުމަށް އަޒުމުކަނޑައަޅާށެވެ!

Leave a Reply