ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރަން އިތުރު ފުރުސަތެއް ހޯދުމަށް ހިތަދޫ މެދުދާއިރާގެ މެންބަރު ޗެކްމާކް އަހުމަދު ރަޝީދު ހައި ކޯޓަށް ހުށަހެޅުއްވި މައްސަލަ ބަލައިނުގަންނަން ހައި ކޯޓުން ނިންމައިފިއެވެ.
އެ މައްސަލައާ ގުޅިގެން ހައި ކޯޓުގެ ރަޖިސްޓާގެ ނިންމުމުގައި ބަޔާންކޮށްފައިވަނީ ރަޝީދު ހުށަހެޅި މައްސަލަ ހައި ކޯޓަށް ނުބެލޭނެ ކަމަށެވެ. އިންތިހާބުގައި ކުރިމަތިލުމަށް ހުށަހަޅާ ހުށަހެޅުމަކާ ގުޅޭ ގޮތުން އިލެކްޝަންސް ކޮމިޝަނުން ނިންމާ ނިންމުމާ ބެހޭ މައްސަލަ ހުށަހަޅަން ޖެހެނީ ސުޕްރީމް ކޯޓަށްކަމަށް ރަޖިސްޓާގެ ނިންމުގައި ބަޔާންކޮށްފައިވެއެވެ.
ދަ ޑިމޮކްރެޓްސްގެ ފަރާތުން ހިތަދޫ މެދު ދާއިރާއަށް ވާދަކުރެއްވުމަށް ނަން ހުށަހެޅުމަށްފަހު ރަޝީދު ވަނީ ނަން އަނބުރާ ގެންގޮސްފައެވެ.
އެނގިފައިވާ ގޮތުގައި ރަޝީދު އޭނާގެ ނަން އަނބުރާ ގެންދެވީ ރޯދަމަސް ތެރެއަށް އިންތިހާބު ވަންނާތީއެވެ. ނަމަވެސް ފަހުން އިންތިހާބު ރޯދައިގެ ފަހަށް ބަދަލުކުރުމުން އޭނާ ވަނީ ވަނީ ހިތަދޫ މެދު ދާއިރާއަށް ވާދަކުރަން އީސީއަށް ފޯމު ހުށަހަޅައިފައެވެ. އީސީން ނިންމީ ފޯމު ބަލައިނުގަތުމަށެވެ.




ގުޅުންހުރި
ކައިޒީން އާއި ބައްޕަގެ މައްސަލަ އަލުން ބަލަން ސިވިލް ކޯޓަށް އަންގައިފި
ވަގަށް ބޭރުކުރި ސިނގިރޭޓް ގެނައި ކުންފުނީގެ ހިއްސާދާރަކަށް ހިތާދޫ ދާއިރާގެ މެންބަރު
ނާޒިމްގެ ކަންބޮޑުވުން: ސިނގިރޭޓް ވަގަށް އެތެރެކުރުން އިތުރުވެ, އާމްދަނީ އެބަ ދަށްވޭ!
ހެލިކޮޕްޓަރުގެ ހިދުމަތް ނުފެށި ލަސްވާ މައްސަލައިގައި މިނިސްޓަރާ ސުވާލުކުރަނީ
ތިން މީހެއްގެ ޕީއެޗްޑީ ސަނަދު ގަބޫލުކުރުމަށް ހައިކޯޓުން ކުރި ހުކުމް ސުޕްރީމް
މީޑިއާ ކޮމިޝަނަށް މަޖިލީހުން ހޮވާ ތިން މެންބަރުން އައްޔަންކޮށްފި