މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) ފިކުރުގެ މީހުން ދެވަނަ ފަހަރަށް ރައްޔިތުންގެ މަޖިލީހަށް އިންތިހާބު ކުރުމުގެ ސަބަބެއް ނެތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިއަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގައި ޕީއެންސީގެ ފަރާތުން ހޮޅުދޫ ދާއިރާއަށް ވާދަކުރައްވާ އަބްދުއްސައްތާރުގެ ކެމްޕޭން ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެމްޑީޕީގެ ސަރުކާރުންވަނީ އެމްޑީއެން ރިޕޯޓު ތައްޔާރުކުރި މީހުންނަށް ދައުލަތުން މަތީ ވަޒީފާތަކެއް ހަމަޖައްސައިދީފައި ކަމަށެވެ.
އިސްލާމްދީނަށާއި ރަސޫލައަށް ފުރައްސާރަކޮށް ރިޕޯޓު ނެރުނު މައްސަލައިގައި އެމްޑީޕީގެ ސަރުކާރުންނާއި އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހުން އެއްވެސް ފިޔަވަޅެއް އަޅާފައިނުވާ ކަމަށެވެ.
”އެހެންވީމާ އެ ފިކުރުގައި ތިބި ބަޔަކަށް، އެހެންވެ ކަންނޭނގެ އެހާވަރަކުން އެ ބޭނުންވަނީ އަނެއްކާވެސް މަޖިލީހުގެ ބާރު ފަސް އަހަރަށް ވެސް އިތުރުކުރަން ވެސް. އެ ފިކުރުގަ ތިބި ބަޔަކަށް އަޅުގަނޑުމެން ޖާގަ ދޭންވީ ވިސްނުމެއް އަޅުގަނޑުމެން ނިކަން ދައްކަވަން އެބަ ޖެހޭނުންތޯ،،“ ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ފަސް ވަގުތު ނަމާދުކުރަން އެ މަނިކުފާނު ގޮވާލުމުން އެމްޑީޕީ މީހުން އެކަމާ މަލާމަތްކުރަމުންދާ ކަމަށެވެ. ނަމަވެސް އިސްލާމްދީނަށް ހިތްވަރުދީ ވާހަކަފުޅު ދައްކަވަން އެ މަނިކުފާނު ފަހުރުވެރިވާކަމަށް ވިދާޅުވިއެވެ.
ރައްޔިތުން މަޖިލީހަށް އިންތިހާބުކުރާ ފަރާތަކީ އިސްލާމްދީން ކުރިއަރުވަން މަސައްކަތްކުރާނެ މީހަކަށްވުން މުހިންމުކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.




ގުޅުންހުރި
މަޖިލީހުގެ އާ ދައުރަށް ބަޖެޓު ފާސްކުރެވޭ ގޮތަށް ގާނޫނަށް އިސްލާހު ގެންނަނީ
ދެ އިންތިހާބު އެކުގައި ބާއްވަން އެމްޑީޕީން މިހާރު ބޭނުންނުވަނީ އިންތިހާބަށް ކަޑަ
އައްޑޫ ސިޓީ އާއި ހުޅުދޫ އަދި މީދޫގެ އިހްތިސާސަށް ބަދަލު ގެނެސްފި
ރައީސް، މެދުހެންވޭރު ”ދޮރުންދޮރަށް“ ހަރަކާތަށް
ރައީސް މިއަދުވެސް ”ދޮރުންދޮރަށް“ ހަރަކާތަށް
ދެ އިންތިހާބު އެއްކޮށްލާ ވޯޓު ހުއްޓުމަށް އެމްޑީޕީން ކޯޓަށް