ހޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ޖޭމްސް ކެމަރަން ޑައިރެކްޓުކޮށް، 1997 ވަނަ އަހަރު ނެރުނު ”ޓައިޓޭނިކް“ ފިލްމަކީ ބޮކްސް އޮފީހުގައި ގިނަ ރެކޯޑުތަކެއް މުގުރާލައި، 1998 ވަނަ އަހަރުގެ އެންމެ މޮޅު ފިލްމުގެ އޮސްކާ އެވޯޑު ހޯދި ފިލްމެކެވެ.
އެ ފިލްމަކީ 1912 ވަނަ އަހަރު އަޑިއަށްދިޔަ ޓައިނޭނިކް ނަމަކަށް ކިޔާ ބޯޓު އަޑިއަށްދިޔަ ހާދިސާއަށް ބިނާކޮށް ހެދި ފިލްމެއް ނަމަވެސް، ފިލްމުގައި ދައްކަނީ އެ ބޯޓުން ދިމާވާ ދެ ޒުވާނުން ކަމަށްވާ ރޯޒް (ކޭޓް ވިންސްލެޓް) އާއި ޖެކް (ލިއޮނާޑޮ ޑިކަޕްރިއޯ)ގެ ލޯބީގެ ހިޔާލީ ވާހަކަ އެވެ. ފިލްމު ނިމިގެންދަނީ ބޯޓު އަޑިއަށް ދިޔައިރު ރޯޒް ސަލާމަތްކުރަން ޖެކް އަމިއްލައަށް ގުރުބާން ވެގެންނެވެ.
ނަމަވެސް އޭރާއި މިހާރު ވެސް ގިނަ ބަޔަކު އުފައްދާ އެއް ސުވާލަކީ، ބޯޓު އަޑިއަށް ދިޔަ އިރު، ޖޭކް އަށް، ރޯޒް އާއެކު ސަލާމަތް ވެވުނީސްތޯ އެވެ. އެއްބަޔަކު، އެ ދެ މީހުންނަށް މޫދުގައި އޮތް ދޮރުފަތުގައި އޮވެވޭނެ ކަމަށް ބުނާއިރު، އަނެއް ބަޔަކު އެކަމާ ދެކޮޅުހަދަ އެވެ.
އެ ބަހުސް ކުރަމުން ދަނިކޮށް، ފިލްމުގައި ރޯޒް ސަލާމަތްވާން އަރާ އޮތް ދޮރުފަތް މިވަނީ ބީލަމެއްގައި ވިއްކާލައިފަ އެވެ.
ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުން، ޓައިޓޭނިކު ބޯޓު އަޑިއަށް ދިޔަ ފަހުން ހޯދި އެ ބޯޓުގެ ޑެބްރީއެއް އަސްލަކަށް ބަލައިގެން ހަދާފައިވާ 2.4 މީޓަރު ދިގު އަދި 1 މީޓަރު ފުޅާ އެ ދޮރުފަތް ވިކުނީ 718،750 ޑޮލަރަށެވެ.

ގުޅުންހުރި
މިހާތަނަށް 1.4 މިލިއަން ހައްޖުވެރިން ސައުދީއަށް އެތެރެވެއްޖެ
ދިވެހި ހުރިހާ ހައްޖުވެރިން މައްކާގައި، އެންމެންގެ ހާލުވެސް ރަނގަޅު
އަމިއްލަ ވިޔަފާރިތަކުން ނާޖާއިޒު ފައިދާ ނަގާފާނެތީ، ސަރުކާރުން ނަންބަރު އައިނުގެ ވިޔަފާރި
މާލޭގައި އުޅޭ ބޯހިޔާވަހިކަން ނެތް 18 އަހަރުން މަތީގެ އެންމެނަށް މި
ހެޔޮލަފާ ވެރިކަމެއްގެ ހަގީގީ މަންޒަރުތައް ދިވެހިންނަށް ފެނި މިދަނީ ކަށަވަރުވަމުން: ފަހުމީ
ރައީސްގެ ދެކަނބަލުން ހައްޖަށް ފުރާވަޑައިގެންފި، އަރިހުގައި 8 ބޭފުޅުން ބައިވެރިވޭ