ބޭނުންވާ ތަކެތި
– ޗޮކްލޭޓް ޕުޑިން ތައްޔާރުކުރުމަށް:
- 1 ޖޯޑު ދިޔާ ކިރު
- 2 މޭޒުމަތީ ސަމުސާ ހަކުރު
- 1 ½ މޭޒުމަތީ ސަމުސާ ކޮކޯ ޕައުޑަރު
- ½ ސައިސަމުސާ ވެނީލާ އެސެންސް
- 1 މޭޒުމަތީ ސަމުސާ ކޯން ފްލާ
- 1 މޭޒުމަތީ ސަމުސާ ބަޓަރު
– ލޭޔާ ކުރުމަށް:
- ޗޮކްލޭޓް ކޭކް
- އޯރިއޯ ބިސްކޯދު
- 1 ޖޯޑު ވިޕިންގް ކްރީމް (ވިޕް ކޮށްފައި)
ތައްޔާރުކުރާނެ ގޮތް
ތަވައަކަށް ކިރުކޮޅު އަޅައި ކައްކާލާށެވެ. ދެން މީގެ ތެރެއަށް ހަކުރު އަދި ކޮކޯ ޕައުޑަރު ރަނގަޅަށް އެއްކޮށްލާށެވެ. ދެން މީގެ ތެރެއަށް ވެނީލާ އެސެންސް އަޅައި އެއްކޮށްލާށެވެ. އެއަށްފަހު މީގެ ތެރެއަށް ކޯން ފްލާ އަދި ބަޓަރު ކޮޅު އަޅައި އޮލަވަންދެން ކައްކާލާށެވެ.
ޓްރޭގެ ފުލުގައި ޗޮކްލޭޓް ކޭކް ފަތުރާލުމަށްފަހު މީގެ މަތީގައި ތައްޔާރުކުރި ޕުޑިންކޮޅެއް ފަތުރާލުމަށްފަހު މީގެ މަތީގައި އޯރިއޯ ބިސްކޯދު ފަތުރާލާށެވެ. މިގޮތައް ލޭޔާ ކުރަމުން ގެންދާށެވެ. އެންމެ މަތީގައި ވިޕްކޮށްފައި ހުރި ކްރީމް ފަތުރާލާށެވެ. އެއަށްފަހު ފިނިކުރުމަށް ފްރިޖުގައި ބަހައްޓާލާށެވެ.



ގުޅުންހުރި
ފާހިޝް ކަންކަމަށް މަގުފަހިވާ ތަކެތި ފެތުރުމާއި އާންމުކުރުމުން ދުރުހެލިވާން ޖެހޭ: ހުތުބާ
ރައީސްގެ ބައްދަލުވުންތަކުގެ ކުރިން ސުވާލު ނުވަތަ ހިޔާލު ހުށަހަޅަން ނުޖެހޭނެ: ހީނާ
ގަހަކުން ގެއްލުން ލިބޭ ނަމަ، އިސްކުރަންޖެހޭނީ އިންސާނުންގެ މަސްލަހަތު: ޝަހީމް
ޖިންސީ ފުރައްސާރަކުރިކަން ސާބިތުވުމުން، ފެރިދޫ ކައުންސިލްގެ ރައީސް ސަސްޕެންޑްކޮށްފި
ނުރައްކާތެރިކޮށް ވެހިކަލް ދުއްވާނަމަ 20 އަހަރަށް ޖަލަށްލެވޭ ގޮތް ހަދަނީ
ކައުންސިލްތަކުގެ ސައިޒް ކުޑަކުރުމަށް މަޖިލީހުން ފާސްކޮށްފި