ބޭނުންވާ ތަކެތި
- 2 ޕެކެޓް ޓޯޓިއާ ޗިޕްސް
- މޮޒަރެއްލާ ޗީޒް (ގާނާފައި)
މަސްގަނޑު ތައްޔާރުކުރުމަށް
- ½ ކިލޯ މިންސްޑް ބީފް
- 1 ފިޔާ (ހިމުންކޮށް ކޮށާފައި)
- 1 މިރުސް (ހިމުންކޮށް ކޮށާފައި)
- 1 ސައިސަމުސާ ޖިންޖާ ގާލިކް ޕޭސްޓް
- 1 ސައިސަމުސާ ޗިލީ ޕައުޑަރު
- 2 ސައިސަމުސާ އަސޭމިރުސް
- 2 ސައިސަމުސާ އޮއިސްޓާ ސޯސް
- 1 ސައިސަމުސާ ޗިލީ ސޯސް
- ½ ސައިސަމުސާ ސޯޔާ ސޯސް
- ½ ބީފް ކިއުބް
ސަލްސާ ތައްޔާރުކުރުމަށް
- 2 ޓޮމާޓޯ (ހިމުންކޮށް ކޮށާފައި)
- 1 ފިޔާ (ހިމުންކޮށް ކޮށާފައި)
- ލުނބޯ ހުތް
- ލޮނު
- ޗީޒް ކްރީމް ތައްޔާރުކުރުމަށް
- 1 ½ ޖޯޑު ފުލް ކްރީމް ކިރު
- 4 ފޮތި މޮޒަރެއްލާ ޗީޒް
- 1 މޭޒުމަތީ ސަމުސާ ސްބމެރީން ސޯސް
- 1 މޭޒުމަތީ ސަމުސާ ތައުޒަން އައިލެންޑް ސޯސް
ތައްޔާރުކުރާނެ ގޮތް
މަސްގަނޑު ތައްޔާރުކުރުމަށް ތަވައަށް ކުޑަ ތެޔޮކޮޅެއް އެޅުމަށްފަހު ފިޔާ އަދި ބީފްކޮޅު އަޅައި ބީފްކޮޅު ރޯފިލުވާލާށެވެ. ދެން މީގެ ތެރެއަށް މިރުސް، ޖިންޖާ ގާލިކް ޕޭސްޓް އަޅައި އެއްކޮށްލާށެވެ. އެއަށްފަހު މީގެ ތެރެއަށް އަސޭމިރުސް، ޗިލީ ޕައުޑަރު، އޮއިސްޓާ ސޯސް، ޗިލީ ސޯސް، ސޯޔާ ސޯސް އަދި ބީފް ކިއުބް އެޅުމަށްފަހު ރަނގަޅަށް އެއްކޮށް ކައްކާލާށެވެ.
ސަލްސާ ތައްޔާރުކުރުމަށް ކޮންޓެއިނަރަކަށް ޓޮމާޓޯ، ފިޔާ، ލުނބޯ ހުތް އަދި ލޮނު އެޅުމަށްފަހު އެއްކޮށްލާށެވެ.
ޗީޒް ކްރީމް ތައްޔާރުކުރުމަށް ތަވައަކަށް ކިރިކޮޅު އެޅުމަށްފަހު ކިރުކޮޅު ހޫނުވުމުން މީގެ ތެރެއަށް ޗީޒް ސްލައިސްތައް އަޅައި ޗީޒް ސްލައިސްތައް މެލްޓް ވަންދެން ކައްކާލާށެވެ. އެއަށްފަހު އުނދުން މަތީން ބާލައި މީގެ ތެރެއަށް ސަބްމެރީން ސޯސް އަދި ތައުޒަން އައިލެންޑް ސޯސް އެއްކޮށްލާށެވެ.
ޓްރޭއަކަށް ޓޯޓިލާ ޗިޕްސް އަޅައި ފަތުރާލުމަށްފަހު މީގެ މައްޗަށް ތައްޔާރުކުރި ބީފް، ސޯސް އަދި ސަލްސާ އަޅާލާށެވެ. ދެން މީގެ މައްޗަށް ގާނާފައި ހުރި ޗީޒް އެޅުމަށްފަހު ހޫނުކުރެވިފައިވާ އަވަންއެއްގައި ޗީޒްކޮޅު ދިޔާވަންދެން ފިހެލާށެވެ.
![](https://haftha.mv/wp-content/uploads/2024/04/Scam-call-ad-MMA.jpg)
![](https://haftha.mv/wp-content/uploads/2024/04/Scam-call-ad-MMA.jpg)
ގުޅުންހުރި
ކައުންސިލްތަކުގެ ހަރަދު ކުޑަކުރަން ދަތުރުތަކާއި ހަފުލާތަކާއި މުބާރާތްތައް ނުބާއްވަން އަންގައިފި
ޒިނޭކުރި ދެ މީހެއްގެ ގައިގައި 100 އެތިފަހަރުން ހައްދު ޖަހަން ހުކުމްކޮށްފި
މި ވަގުތަކީ ވެރިކަމަށް އަންނަންވީ ވައުދާ މެދު ވިސްނަންވީ ވަގުތެއް ނޫން:
ރައީސްގެ ނަސޭހަތެއް: ކާމިޔާބު ހޯދަން، ނަފުސަށް އިތުބާރުކޮށް މަންޒިލަށް ދެވެންދެން މަސައްކަތްކުރޭ
ސިޔާސީ މަގާމުތަކުގެ އަދަދާއި ކުރާހޭދަ ހާމަކުރަން ސަރުކާރު މެންބަރުން ބޭނުމެއް ނުވި
ފޭކް ސްލިޕް ފޮނުވައިގެން 172،000ރ. ގެ މުދާ ހޯދި މީހަކު ޖަލަށް