ހައުސިން ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ)ން ދޫކުރި ކޮވިޑް ލޯނުތަކަށް އެރި އިންޓްރެސްޓު މާފު ކޮށްދޭން ރައީސް ޑރ. މުހައްމަދު މުއިއްޒު، ނިންމަވައިފިއެވ.
ރައީސް މުއިއްޒު، ލ. އަތޮޅަށް މިހާރު ކުރައްވާ ދަތުރުފުޅުގެެ ތެރެއިން މިރޭ އެ އަތޮޅު ފޮނަދޫ ވަޑައިގެން ވިދާޅުވީ ކޮވިޑްގެ ތެރޭގައި އެތައް ބަޔަކު ހާލުގައި ޖެހުމުގެ ސަބަބުން ވަނީ ލޯނު ނަގާފައި ކަމަށެވެ. އެ ލޯނުތަކުގެ އިންޓްރެސްޓް އަރަމުން ގޮސް މިހާރު ވަނީ އެ ލޯނު ނެގި ފަރާތްތަކަށް ނުކުތާ ވަރަށް އިންޓްރެސްޓް އަރާފައި ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
”އެހެންވީމާ އިރާދަކުރެއްވިއްޔާ އީދު ބަންދަށްފަހު ހުޅުވޭ ދުވަހުން ފެށިގެން އެޕްލައި ކުރުމުގެ ފުރުސަތު ދޭނަން. ކޮވިޑުގެ ލޯނު ނަގައިގެން އެ އިންޓްރެސްޓް ސަރުކާރުން މާފުކުރަން މިހާރު އޮތީ ނިންމާފަ. އެ ލޯނު ނެގި ހުރިހާ މީހުންނަށް އިންޓްރެސްޓް މާފުވާނެ. ދެން އެ ލޯނު ނެގި ފަރާތްތަކަށް އީދު ބަންދަށްފަހު ހުޅުވޭ ދުވަހުން ފެށިގެން އެޗްޑީއެފްސީއަށް، އެ ބޭންކަށް އެޗްޑީއެފްސީ ބޭންކަށް އެޕްލައިކުރީމަ އެ އޮންނަ އެޕްލިކޭޝަނެއް ފުރިހަމަކޮށްފަ އެގްރީމެންޓް ހެދީމަ ލޯނު މާފުވާނެ. އިންޓްރެސްޓް މާފުވާނެ“ ރައީސް ވިދާޅުވިއެވެ.
މި ސަރުކާރުން މަސައްކަތް ކުރަނީ ރައްޔިތުންނަށް ލުއިފަސޭހަކަން ހޯދައި ދިނުމަށް ކަމަށާއި އަދި އެކަން ކުރަނީ އިންތިހާބެއް ބޯމަތިވުމުންނޫންކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. ސަރުކާރުން ވަނީ ކޮވިޑް ލޯނުތަކުގެ އިންޓްރެސްޓު މާފުކުރުމުގެ މަސައްކަތް މިދިޔަ ހަތަރު މަސް ދުވަހުގެ ތެރޭގައިކޮށް ނިންމާލާފައިކަމަށް ރައީސް ވިދާޅުވިއެވެ.
ކުރީ ސަރުކާރުން ކޮވިޑް ލޯނުތަކުގެ އިންޓްރެސްޓު މާފުކޮށްދޭނެކަމަށް ބުންޏަސް އިންޓްރެސްޓު މާފުކޮށްދީފައިނުވާކަމަށް ރައީސް ވިދާޅުވިއެވެ.

ގުޅުންހުރި
ބިމެއް ވިއްކާނެ ކަމަށް ބުނެ މީހެއްގެ އަތުން ބައި މިލިއަން ނެގި
ތާރީހީ ދުވަހެއް: 40 އަހަރަށްފަހު ހަރަމްފުޅެއްގެ އިމާމަކު ރާއްޖެއަށް، ކިއީ ރަތް
މާލޭގެ ކެފޭއެއްގެ ތެރޭގައި ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާދީފި
ޓެކްސް ނުދައްކާ ކުންފުނިތަކުގެ ލިސްޓުގައި މަޝްހޫރު ލިޓަސް ގުރޫޕުގެ ދެ ކުންފުންޏެއް!
ބަންކަރިން ފަށާތަނުން 400 މިލިއަން ޑޮލަރު ލިބޭނެކަމަށް ވިދާޅެއްނުވަން: ސައީދު
ގަން، ކޮލަމާފުށި އަދި ވިލިނގިލީގެ މަގުތައް ތަރައްގީކުރުން ބާރަށް ކުރިއަށް