އައްޑޫ ސިޓީ ހިތަދޫގައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)ގެ އޮފީހެއް ހުޅުވައިފި އެވެ.
އެ އޮފީސް ހުޅުވައިދެއްވީ އެކަމަށްޓަކައި އިއްޔެ އެ އޮފީސް ކުރިމަތީގައި ބޭއްވި ހަފުލާއެއްގައި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ އިބްރާހިމް ޝަރީފް މުހައްމަދެވެ.
އެ ރަސްމިއްޔާތުގައި އާރުޑީސީގެ މެނޭޖިން ޑިރެކްޓަރު ބްރިގޭޑިއާ ޖެނެރަލް (ރޓ) އަލީ ޒުހައިރާއި ކޯޕަރޭޝަންގެ އިސްވެރިނާއި ސަރުކާރު އިދާރާތަކުގެ އިސްވެރިންނާއި އައްޑޫ ސިޓީގެ ކަމުވޮށިގެންވާ ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.
އާރުޑީސީން ބުނީ، އައްޑޫގައި އެ ކުންފުނީގެ އޮފީހެއް ހުޅުވުމުގެ ބޭނުމަކީ އައްޑޫ ސިޓީއާއި ރާއްޖޭގެ ދެކުނުގައި ސަރުކާރުން ހިންގާ މަޝްރޫއުތަކުގެ ތެރެއިން އެ ކުންފުންޏާ ގުޅުން ހުރި މަޝްރޫއުތަކާއި މަސައްކަތްތައް އެންމެ ފަސޭހަކޮށް ތަންފީޒު ކުރެވޭނީ އެ ކުންފުނީގެ އޮފީހެއް އެ ސަރަހައްދުގައި ގާއިމުކޮށްގެން ކަމަށް ސަރުކާރުން ދެކޭތީ ކަމަށެވެ.
ގުޅުންހުރި
ހުޅުމާލޭ ހޮސްޕިޓަލްގެ އިމަޖެންސީ ރޫމުގެ ޖާގަ ދެގުނަ ބޮޑުކުރަން އާރުޑީސީއާ ހާވަލުކޮށްފި
އާރްޑީސީގެ ސްޓްރެޖެޓިކް އެކްޝަން ޕްލޭން އިފްތިތާހުކޮށްފި
އިހަވަންދޫ މަގު ހެދުމުގެ މަޝްރޫއުގެ ބާރަށް ކުރިއަށް
ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އާރުޑީސީން ތަމްރީން ހޯދައިދިނުމުގެ ޕްރޮގްރާމް ފަށައިފި
އަމީނީ މަގުގެ މަޝްރޫއު: ޕަމްޕް ސްޓޭޝަންގެ ވެލްވް ޗެމްބަރާއި ޕެނަލް ބޯޑު
މާލީ ހާލަތުން އަރައިގަތުމަށް ސަރުކާރަށް އެއްބާރުލުން ދޭން ނިންމި ފުރަތަމަ ކުންފުންޏަކަށް