މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ނިލަންދޫ ދާއިރާއަށް ވާދަކުރެއްވި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކޮއްކޯފުޅު ފާތިމަތު ސައުދާ (ސައު)، އައްޑޫ ސިޓީ ހިތަދޫ މެދު ދާއިރާގެ ގޮނޑިއަށް ވާދަކުރެއްވި ނޫސްވެރިޔާ އަހުމަދު އަޒާން އަދި ބާރަށު ދާއިރާގެ ގޮނޑި އިބްރާހިމް ޝުޖާއު ކަށަވަރު ކުރައްވައިފި އެވެ.
މިފަހަރުގެ މަޖިލިސް އިންތިހާބުގައި ބާރަށު ދާއިރާއަށް ތިން ކެންޑިޑޭޓުން ވާދަކުރި އެވެ. އެއީ އިބްރާހިމް ޝުޖާއުގެ އިތުރުން އެމްޑީޕީގެ ޓިކެޓުގައި އަލީ އަސްގަރު އަދި އަމިއްލަ ގޮތުން މުޖުތަބާ އަލީ އެވެ. މިހާތަނަށް ތިން ވޯޓް ފޮށި ގުނާ ނިމިފައިވާއިރު ޝުޖާއު ވަނީ ހުރިހާ ވޯޓް ފޮއްޓަކުން ބޮޑު ތަނުން ކުރި ހޯއްދަވައިފަ އެވެ.
އަޒާންއާ ވާދަކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓް އަދި އައްޑޫ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ޝުއާއު އެވެ. ހިތަދޫ މެދު ދާއިރާގެ ގޮނޑި އަޒާން ކާމިޔާބު ކުރުމާއެކު މިއީ އެ ދާއިރާގެ ގޮނޑިއެއް ޕީއެންސީ އަށް ކާމިޔާބު ކުރެވުނު ފުރަތަމަ ފަހަރެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ނިލަންދޫ ދާއިރާއަށް ސައުދާއާ ވާދަކުރީ އަމިއްލަ ގޮތުން ވާދަކުރާ އަހުމަދު ރަޝީދެވެ. އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުގައި، ގިނަ ފޮށިތަކުން ކުރީގައި އުޅެނީ ޕީއެންސީގެ ކެންޑިޑޭޓް ސައުދާ އެވެ.




ގުޅުންހުރި
ސައީދުގެ މައްޗަށް އިއްވި ޖަލު ހުކުމް އިސްތިއުނާފުކޮށްފި
ވައި ނުސާފުވުމުން މޭޔަރު އާޒިމްގެ އިލްތިމާސް: މާސްކު އަޅުއްވާ، ބޭރަށް ނުކުމެ
މާލެ އަތޮޅުގައި ހިންގާ ފަޅު ހިއްކުމުގެ މަޝްރޫއުތަކާ ގުޅިގެން ގިނަ ޝަކުވާތަކެއް،
ވީއައިއޭގެ އާ ޓާމިނަލުން 5 މަސްތެރޭ 500،000 ފަސިންޖަރުންނަށް ހިދުމަތް ދީފި
ޕީއެންސީގެ ޕްރައިމަރީގައި 290 އަށްވުރެ ގިނަ ކެންޑިޑޭޓުން
މާލޭގެ ގެއެއް ބަލައި ފާސްކޮށް، ޑްރަގާއެކު ބަޔަކު ހައްޔަރުކޮށްފި