އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުން ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީ އަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކުރަން މިރޭ މާލޭގައި ހަވާ އެރުވުމާ އެކު، ހާއްސަ ޖަލްސާއެއް ބާއްވަން ނިންމައިފި އެވެ.
ޕީއެންސީން ބުނީ ”ދިވެހީންގެ ރާއްޖެ މަޖިލީހަށް – މަރުހަބާ“ގެ ނަމުގައި ދިވެހިންނަށް މަރުހަބާ އާއި ޝުކުރު އަދާކުރުމަށް އެ ކޯލިޝަނުން މިރޭ ހާއްސަ ޖަލްސާއެއް ބާއްވާނެ ކަމަށެވެ. އެ ޖަލްސާ ބާއްވާނީ މިރޭ 8:30 ގައި އާޓިފިޝަލް ބީޗުގައި ކަމަށްވެސް އެ ޕާޓީން ބުންޏެވެ.
އެ ޖަލްސާ އަށް ހުރިހާ ދިވެހިންނަށް ދައުވަތު ދީފައިވާއިރު އެ ހަފުލާއަށް ފަހު ހަވާ އެރުވުން އޮންނާނެ ކަމަށްވެސް ބުންޏެވެ.
ވިހި ވަނަ ރައްޔިތުންގެ މަޖިލީހަށް މެންބަރުން ހޮވުމަށް އިއްޔެ ބޭއްވި އިންތިހާބުގައި ޕީއެންސީން ވަނީ މަޖިލީހުގެ ސުޕަ މެޖޯރިޓީ ހޯދައިފަ އެވެ. ވަގުތީ ނަތީޖާތައް ދައްކާ ގޮތުގައި ޕީއެންސީގެ ކެންޑިޑޭޓުންނާއި ސަރުކާރަށް ވާގިވެރިވާ ކެންޑިޑޭޓުންނާ އެކު މިހާތަނަށް ސަރުކާރަށް 71 ގޮނޑި ލިބެ އެވެ.




ގުޅުންހުރި
ސާފް ފުޓްސަލް މުބާރާތް: ފުރަތަމަ މެޗުގައި ރާއްޖެއަށް ބޮޑު މޮޅެއް
އަހަރުގެ ފުރަތަމަ ކްރޫޒްލައިނާ 479 ފަސިންޖަރުންނާއެކު ރާއްޖެއަށް
ވަގަށް އަނބު ބިން މީހަކު ހަތް މަހަށް ޖަލަށް
ޑެންގޫ ޖެހިގެން ރިޕޯޓް ކުރި އަދަދު އިތުރުވެއްޖެ، މިދިޔަ މަހު އެކަނިވެސް
”ވާނެތަ؟“، ކައުންސިލް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ހާއްސަ!
ހެޔޮއެދޭ ފަރާތަކުން ރ. އަތޮޅުގެ ކޮންމެ ރަށަކުން މީހަކު ހައްޖަށް ފޮނުވައިދެނީ