ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީއެންސީގެ ފަރާތުން ކުޅުދުއްފުށި ދެކުނަށް ވާދަކުރި ކެންޑިޑޭޓު ފަރުހަތު މުހައްމަދު ޖަގަހައިގައި ރޯކޮށްލި މީހާ ހައްޔަރުކުރީ ރާއްޖެއިން ބޭރަށް ދާން އެއާޕޯޓުގައި ގޮސް ހުއްޓާ ކަމަށް ކޯޓު އަމުރުގައި ބުނެފިއެވެ.
ކެމްޕޭން އޮފީހުގައި ރޯކޮށްލި މައްސަލައިގައި ފުލުހުން ވަނީ އެރަށު، ހީނާމާގެ، އަންވަރު މުހައްމަދު (31އ) އިއްޔެ ހައްޔަރުކޮށް މިއަދު ކުރިމިނަލް ކޯޓަށް ހާޒިރުކޮށްފައެވެ. ފުލުހުން، އަންވަރުގެ މައްޗަށް ކުރަނީ ގަސްދުގައި އަލިފާން ރޯކޮށް މުދަލަށް ބޮޑެތި ގެއްލުން ދިނުމުގެ ކުށުގެ ތުހުމަތެވެ.
ކުރިމިނަލް ކޯޓުން ވަނީ އަންވަރުގެ ބަންދަށް 10 ދުވަސް މިއަދު ޖަހައިދީފައެވެ.
”މީނާއަށް ލިބިފައިވާ ޒަހަމްތަކަށް ފަރުވާ ހޯދުމަށް ކުޅުދުއްފުށީގައި ރަނގަޅު ފެންވަރެއްގެ ހޮސްޕިޓަލެއް ހުރިއިރު އެހެން ރަށަކަށް ގޮސް ފަރުވާ ހޯދި ކަމަށާއި ހާޒިރުވުމަށް އަންގާ ޗިޓް ފޮނުވުމުން ވެސް ހާޒިރުނުވާ ކަމަށާއި މައްސަލައަށް ފިލާގެން ރާއްޖެއިން ބޭރަށްދާން ގޮސް ހުއްޓައި ހައްޔަރުކުރެވިފައިވާކަމަށް އައިއޯ ބުނެފައިވޭ“ ކޯޓު އަމުރުގައި ބުންޏެވެ.
އަންވަރު ކޯޓުގައި ބުނީ ރާއްޖެއިން ބޭރަށް ފިލުމަށް މަސައްކަތް ކޮށްފައިނުވާނެ ކަމަށެވެ. އެއާޕޯޓަށް ގޮސް ހުރީ އޭނާގެ ދަރިފުޅު ޑޮކްޓަރަށް ދެއްކުމަށް ރާއްޖެއިން ބޭރަށް ދިޔުމަށް ކަމަށެވެ.
އަދި ބުނީ ފުލުހުން ފޮނުވި ޗިޓަކާ ވެސް ހަވާލުވެފައިނުވާނެ ކަމަށާއި ޗިޓާ ހަވާލުވީ އޭނާގެ ކޮއްކޯ ކަމަށެވެ.




ގުޅުންހުރި
ފުވައްމުލަކުގެ ޑުރަގް ބޮޑެއް 75 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި
ނުރައްކާތެރި އެކްސިޑެންޓެއްގައި 16 އަހަރުގެ ކުއްޖަކު ނިޔާވެއްޖެ
ގެއެއްގެ ރުކަކުން ވަގަށް 26 ކުރުނބާ އެޅި މީހަކު ޖަލަށް ލާން
މީހަކު ރަހީނުކޮށް އަނިޔާކުރި މައްސަލައެއްގައި ބަންގްލަދޭޝްގެ މީހަކު ހައްޔަރުކޮށްފި
ފުލުހުންގެ އިދާރާ ހިންގެވުން ފަރުހާދަށް
ޕިކަޕެއްގެ ދަށުގައި މަސައްކަތް ކުރަން އޮތް މީހެއްގެ ގައިމައްޗަށް ޕިކަޕު ވެއްޓި