އަންނަ އަހަރުން ފެށިގެން ކޮންމެ ރަށެއްގެ ރައްޔިތުންގެ އުފާވެރިކަމާއި ހިތްހަމަޖެހުން ހުރި ގޮތް ބަލައި، ”ހެޕިނަސް އިންޑެކްސް“ ތައާރަފުުކުރަން ނިންމާފައިވާ ކަމަށް ލާމަރުކަޒީ މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.
ލާމަރުކަޒީ މިނިސްޓްރީން ކުރިއަށް ގެންދާ މަސައްކަތްތަކާ ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސް ކޮންފަރެންސްގައި ޝަރީފު ވިދާޅުވީ، ރާއްޖެ ތަރައްގީވެ ކުރިއަރަމުން އަންނައިރު ރައްޔިތުންގެ އުފާވެރިކަމާއި ހިތްހަމަޖެހުމާއި ރައްޔިތުން އުއްމީދުކުރާ ގޮތާއި ކޮންމެ ރަށެއް މިއަދު އޮތް ހާލަތު ދެނެގަނެވޭނެ ގޮތެއް އޮންނަންޖެހޭ ކަމަށެވެ.
”ކޮންމެ ރަށެއްގައިވެސް އެ ރަށެއްގައި ދިރިއުޅޭ ބަޔަކުގެ އަދި ރާއްޖޭގެ އެކި ހިސާބުތަކުގައި ދިރިއުޅުއްވާ އެހެން ފަރާތްތައްވެސް މީގެ އިތުރުން ބައިނަލްއަގުވާމީ ދުނިޔޭގައިވެސް ރާއްޖޭގެ އެކި ރަށުގެ ހާލަތު، އެ ރަށެއްގެ ކަންކަން ހުރި ނެތް ގޮތް ދެނެގަނެވޭނެ ގޮތެއް ވުމަކީ މުހިންމު ކަމެއް ކަމަށް ގަބޫލުކުރެވޭތީ ސަރުކާރުން ނިންމާފައިވަނީ މާނަހުރި ގޮތެއްގައި ރާއްޖޭގެ ރަށްތަކުގެ އުފާވެރިކަން ނުވަތަ ”ހެޕިނަސް އިންޑެކްސް“ގެ ނަމުގައި ހާއްސަ މަސައްކަތެއް ފަށަން،“ އާދަމް ޝަރީފު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އެއީ ރަށްރަށުގެ ރައްޔިތުންނަށް ލިބޭ އުފާވެރިކަން، އެ ރައްޔިތުން މިންކުރާ ގޮތެއް ދެނެގަތުމަށްޓަކައި ކުރާ މަސައްކަތެއް ކަމަށާއި އެކަން ބަލާނެ މިންގަނޑެއް ކަނޑައަޅާނީ އަމިއްލަ ފަރާތްތަކާ މަޝްވަރާ ކޮށްގެން ކަމަށެވެ. އަދި ގިނަ މީހުންނަށް ގަބޫލުކުރެވޭ އޮނިގަނޑެއްގެ ތެރެއިން އިންޑްކްސްގެ މަސައްކަތް ކުރިއަށް ގެންދަން ވިސްނާފައިވާ ކަމަށް ވިދާޅުވި އެވެ.

ގުޅުންހުރި
ސިނގިރޭޓް އަގުބޮޑުކޮށް ވޭޕް މަނާކުރުމުން މޫނަށް ދުންބުރުވާ މީހުން މަދުވެއްޖެ: ރައީސް
ދުންފަތް ވިއްކާ މީހުން ތިބީ އަޅުގަނޑު ދެކެ ހިތްހަމަނުޖެހިފައި: އެކަމަކު ވަރިހަމަ:
2007 އިން ފެށިގެން އުފަންވި މީހުނަށް ދުންފަތް މަނާކުރާ ބިލު ރައީސް
ފީނަން އުޅެނިކޮށް ލޯންޗަކުން ޖެހި ބުރިވި އަތް އަދިވެސް ނުފެނޭ!
ޑިންގީއެއްގައި ލޯންޗަކުން ޖެހި ނުރައްކާތެރި އެކްސިޑެންޓެއް، ފަސް މީހަކަށް އަނިޔާވެއްޖެ
އެލައިޑަށް :40 ކަސްޓަމަރުންގެ އަގުވަޒަންކޮށް ހިޔާލު ބަދަލުކޮށްލަން ހާއްސަ ހަފުލާއެއް