މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފުގެ ވެހިކަލް ވަގަށް ނެގި މައްސަލާގައި ހިމެނޭ ބަޔަކު ހައްޔަރުކޮށްފި އެވެ.
އެނގިފައިވާ ގޮތުގައި އެ ވެހިކަލް ވަގަށް ނެގީ މިދިޔަ ހަފުތާ ތެރޭގަ އެވެ. އެ ވެހިކަލް ހޯދާފައިވަނީ މިދިޔަ އަންގާރަ ދުވަހު އެވެ.
ފުލުހުން މިއަދު ބުނީ އެމްއޭސީއެލްގެ ވެހިކަލްއެއް ގެއްލިފައިވާ މައްސަލަ ރިޕޯޓު ކުރި ކަމަށާއި އެ ވެހިކަލް ގެއްލުނު މައްސަލައިގައި ތުހުމަތު ކުރެވޭ ބަޔަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. ނަމަވެސް ހައްޔަރުކޮށްފައި ވަނީ ކިހާ އަދަދެއްގެ މީހުން ކަމެއް ހާމައެއް ނުކުރެ އެވެ.
އެ މައްސަލައިގެ އިތުރު ތަފްސީލެއް ނުދީ ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށެވެ.




ގުޅުންހުރި
މާލޭ ހިޔާ ފްލެޓުން މީހަކު ވެއްޓި އަނިޔާވެގެން ފަރުވާދެނީ
ދެ ލޯންޗު ޖެހި އެކްސިޑެންޓެއް، މީހަކަށް އަނިޔާއެއް ނުވޭ
އިންކަމް ޓެކްސް ނުދައްކާ 25 ފަރާތެއްގެ ނަން މީރާއިން އާންމުކޮށްފި
އަގު ވެއްޓޭ ކަމަށްބުނެ ވިޒިޓް މޯލްޑިވްސް އެމްބެސެޑަރުކަމުން ”ޓޫއޮފްއަސް“ ސަސްޕެންޑުކޮށްފި
މިހާތަނަށް 35،000 އަށް ވުރެ ގިނަ މަސްދަޅު ކޭސް ދޫކޮށްފި
ޕެންޝަން އޮފީހުގެ ސީއީއޯގެ މަގާމުން ސުޖާތާ އިސްތިއުފާ ދެއްވައިފި