ރާއްޖޭގައި ގާއިމުވެ ތިބި އިންޑިއާ ސިފައިންގެ ފަހު ބެޗު ރާއްޖެ ފައިބައިފައިވާ ކަމަށް ސަރުކާރުން މިރޭ ބުނެފި އެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންމެ ބޮޑު ސިޔާސީ ވައުދެވެ. އެ ވައުދާ ގުޅިގެން ސަރުކާރުން ކުރި މަޝްވަރާތަކަށްފަހު ރާއްޖޭގައި ތިބި އިންޑިއާ ސިފައިން މާދަމާގެ ކުރިން ފޮނުވާލަން އިންޑިއާއިން އޮތީ އެއްބަސްވެފަ އެވެ.
ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު މިރޭ ވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ތިންވަނަ ބެޗު ރާއްޖެއިން ފުރިކަން ކަށަވަރު ކޮށްދެއްވައިފަ އެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ނުދެއްވަ އެވެ. ވިދާޅުވީ ވަރަށް ތަފުސީލުކޮށް އެކަމާ ގުޅޭ މައުލޫމާތު ވަރަށް އަވަހަށް ހިއްސާ ކުރައްވާނެ ކަމަށް އެކަންޏެވެ.
އިންޑިއާ ސިފައިން ރާއްޖޭގައި ތިބި ކަމަށް ސަރުކާރުން ބުނަނީ އައްޑޫގެ އިތުރުން ހދ. ހަނިމާދޫ އަދި ލ. ކައްދޫގައެވެ.

ގުޅުންހުރި
ކުޅުދުއްފުށީގައި ޔަމަހާ ސާވިސް ސެންޓަރެއް ހަދަން އެމްޕީއެލް އާއި އެލިއާ އެއްބަސްވުމަކަށް
އެޑިޓަރުންގެ ޖަމިއްޔާ ވަނީ ޕެރެލައިޒް ވެފައި، އެ ޖަމިއްޔާ އިން ހިރިގާ
ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 11 ބިދޭސީއަކު އަތުލައިގެންފި
ސިވިލް ސާވަންޓުންނަށް މޫނު ބުރުގާ އަޅައިގެން މަސައްކަތަށް ކުރެވޭ ގޮތް ހަދައިފި
މަޝްހޫރު ޔޫޓިއުބާ އަންކަލް ރޯޖާ، އާންޓީއެއް ހޯދައިފި
އާއިލާ މީހަކު ދާއިމީ ބައްޔަކަށް ފަރުވާ ހޯދާ ނަމަ 30 ދުވަހުގެ