ބޮޑުރަސްގެފާނު މަގުގައި ހުންނަ ކެފޭއެއްގެ ބަދިގެ އިން ދުން ލީކުވެ، ހަތް މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފި އެވެ.
ފުލުހުން ބުނީ ރޭ ފަތިހު ހިނގި އެ ހާދިސާގައި ކެފޭގެ ބަދިގެ ދުންހޮޅިން ބަދިގެ ތެރެއަށް ދުން ލީކުވެ، ހަތް މީހަކު އަނބުރައިގަނެގެން އައިޖީއެމްއެޗަށް ގެންދިޔަ ކަމަށެވެ.
އޭގެ ތެރޭގައި ހިމެނެނީ ސްރީ ލަންކާގެ މީހަކާއި އިންޑިއާގެ މީހެއް އަދި ބަންގްލަދޭޝްގެ ދެ މީހަކާއި ނޭޕާލްގެ ތިން މީހެއް ކަމަށްވެސް ބުންޏެވެ.
ފުލުހުން ބުނީ، އެ މީހުން ތެރެއިން އެކަކު އޭޑީކޭ ހޮސްޕިޓަލަށް ބަދަލުކޮށް، ފަރުވާ ދެމުން އަންނަ ކަމަށެވެ. ނަމަވެސް އެއްވެސް މީހެއްގެ ހާލު ސީރިއަސް ނޫން ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުންޏެވެ.
އެ ހާދިސާ ފުލުހުން ތަހުގީގު ކުރަމުން އަންނައިރު އެކަމާ ގުޅޭ އިތުރު ތަފުސީލެއް އަދި ނުދެ އެވެ.




ގުޅުންހުރި
ދެ ލޯންޗު ޖެހި އެކްސިޑެންޓެއް، މީހަކަށް އަނިޔާއެއް ނުވޭ
އިންކަމް ޓެކްސް ނުދައްކާ 25 ފަރާތެއްގެ ނަން މީރާއިން އާންމުކޮށްފި
އަގު ވެއްޓޭ ކަމަށްބުނެ ވިޒިޓް މޯލްޑިވްސް އެމްބެސެޑަރުކަމުން ”ޓޫއޮފްއަސް“ ސަސްޕެންޑުކޮށްފި
މިހާތަނަށް 35،000 އަށް ވުރެ ގިނަ މަސްދަޅު ކޭސް ދޫކޮށްފި
ޕެންޝަން އޮފީހުގެ ސީއީއޯގެ މަގާމުން ސުޖާތާ އިސްތިއުފާ ދެއްވައިފި
ރައީސްގެ މޭޔަރާއި ކައުންސިލް ހޮވީމައި މެނިފެސްޓޯގައިވާ ހުރިހާ ކަމެއް ޝައްކެއް ނެތި