ބަނޑޭރިކޮށީގެ އެޕާޓްމެންޓެއްގައި މަރުވެފައި އޮތް މީހަކު ފެނިގެން ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ.
ފުލުހުން މިއަދު ބުނީ މަރުވެފައިވާ މީހާ ފެނިފައިވަނީ މިއަދު ހަވީރުގެ ވަގުތެއްގައި ކަމަށެވެ.
”ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ބަނޑޭރިކޮށި އެޕާޓްމެންޓެއް ބަލައިފާސްކުރި އިރު، ނިޔާވެފައި އޮތް ފިރިހެނަކު ފެނިގެން ސީންގައި ފުލުހުން ދަނީ ހަރަކާތްތެރިވަމުން“ ފުލުހުން ބުންޏެވެ.
އެ ހާދިސާއާ ގުޅޭ މައުލޫމާތު ލިބެމުންދާ ވަރަކަށް ނޫސްވެރިންނާ ހިއްސާ ކުރާނެ ކަމަށްވެސް ފުލުހުން ބުންޏެވެ.









