އަމިއްލަ ކުންފުންޏެއްގެ އޮފީސް ފަޅާލައި، އެތަނުން 1.9 މިލިއަން ރުފިޔާ ވަގަށް ނެގި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
ފުލުހުން މިއަދު ވަނީ އެ މައްސަލައިގައި ހައްޔަރުކުރި މީހެއްގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަަށް ހާޒިރުކޮށްފަ އެވެ.
ކޯޓުގައި ފުލުހުން ބުނީ އެ މީހާއަކީ އޮފީސް ފަޅާލުމުގައި ސީދާ ބައިވެރިވި މީހުން ދިން ކަޅު ދަބަހަކާ ހަވާލުވެ، އެ ދަބަސް ހިފައިގެން އޭނާ އުޅޭ ގެއަށް ދިޔަ މީހެއް ކަމަށެވެ. އަދި ވައްކަން ކުރުމަށް ބައިވެރިވި މީހުން ދުއްވި ސައިކަލް ކުއްޔަށް ނެގުމުގައިވެސް އޭނާގެ ބައިވެރިވުން ހިމެނޭ ކަމަށް ބުންޏެވެ.
ފުލުހުން އެ ވާހަކަތަކަށް ބާރު ދިނުމުގެ ގޮތުން ސީސީޓީވީ ފުޓޭޖުގެ ވީޑިއޯއާއި އޭގެ ސްނެޕްޝޮޓްތަކެއް އަދި އިންޓެލިޖެންސް ރިޕޯޓުތަކެއް ވަނީ ކޯޓަށް ހުށަހަޅައިފަ އެވެ.
އެ ހެކިތަކަށް ރިއާޔަތް ކުރުމަށްފަހު ކްރިމިނަލް ކޯޓުން ވަނީ މީހާގެ ފަރާތުން މުޖުތަމައަށް ނުރައްކަލެއް ކުރިމަތިވެދާނެތީ 15 ދުވަހަށް ބަންދުކޮށްފަ އެވެ.




ގުޅުންހުރި
ދެ ލޯންޗު ޖެހި އެކްސިޑެންޓެއް، މީހަކަށް އަނިޔާއެއް ނުވޭ
އިންކަމް ޓެކްސް ނުދައްކާ 25 ފަރާތެއްގެ ނަން މީރާއިން އާންމުކޮށްފި
އަގު ވެއްޓޭ ކަމަށްބުނެ ވިޒިޓް މޯލްޑިވްސް އެމްބެސެޑަރުކަމުން ”ޓޫއޮފްއަސް“ ސަސްޕެންޑުކޮށްފި
މިހާތަނަށް 35،000 އަށް ވުރެ ގިނަ މަސްދަޅު ކޭސް ދޫކޮށްފި
ޕެންޝަން އޮފީހުގެ ސީއީއޯގެ މަގާމުން ސުޖާތާ އިސްތިއުފާ ދެއްވައިފި
ރައީސްގެ މޭޔަރާއި ކައުންސިލް ހޮވީމައި މެނިފެސްޓޯގައިވާ ހުރިހާ ކަމެއް ޝައްކެއް ނެތި