ރާއްޖެއަށް މޫސުން ވަރަށް ބޮޑަށް ގޯސްވެފައިވާތީ ދަތުރުފަތުރު ކުރުމުގައި ސަމާލުވުމަށް އެންޑީއެމްއޭއިން އިލްތިމާސްކޮށްފިއެވެ.
އެންޑީއެމްއޭއިން މިއަދު ބުނީ މި ދުވަސްވަރު ރާއްޖެއަށް މޫސުން ގޯސްވުމުން، ކަނޑު ދަތުރު ކުރުމުގައި ސަމާލުވުމަށް އިލްތިމާސްކުރާ ކަމަށެވެ. އަދި ކަނޑު އުޅަނދުގައި ދަތުރަށް ފުރާއިރު އުޅަނދުގެ ސަލާމަތީ ކަންކަމާއި މުވާސަލާތީ ވަސީލަތްތައް ހަމަޔަށް ހުރިތޯ ބެލުމަށް އިލްތިމާސްކުރާ ކަމަށެވެ.
އަދި ބުނީ މާލެއާއި ހުޅުމާލެ ބުރިޖުން، ދަތުރުކުރާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުކަން ދިނުމަށް އިލްތިމާސްކުރާ ކަމަށެވެ.
މެޓް އޮފީހުން މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފައެވެ.
މެޓް އޮފީހުން ބުނީ ބޯކޮށް ވާރޭވެހި ގުގުރައި ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދު ވައިޖެހި ވިލާގަނޑުގައި ގަނޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ގުޅުންހުރި
އިޒްރޭލު ޕާސްޕޯޓް މަނާކުރުމަކީ އިސްލާމީ އުއްމަތަށް ރައީސް ދެއްކެވި ނަމޫނާއެއް، ސެލިއުޓް
ޝިޔާމް، ޖަމީލަށް: ރައްޔިތުން ހޮވި ވެރިއަކީ ރައީސް މުއިއްޒު ކަމަށް ހިތަށް
ގާޒާގެ ކުޑަކުދިން ކައިގެން ތިބެނީ ދުވާލަކު އެއްއިރު!
އިނގުރައިދޫ މީހުން މިދިލިއޮށް ހޮވުން ކައުންސިލުން މަނާކޮށްފި
ދުންފަތް ވިޔަފާރިކުރުމުގެ ލައިސެންސް ހޯދަން ހުޅުވާލައިފި
ކިނބޫ އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެންގޮސްފި