ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފަސް އަހަރުގެ މި ދައުރުގެ ތެރޭގައި ރާއްޖެއަށް ބޭނުންވާ ލޮނު ރާއްޖޭގައި އުފައްދަން ފެށޭވަރުވާނެ ކަމަށް އިކޮނޮކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
އިކޮނޮމިކް މިނިސްޓްރީގެ މަސައްކަތްތަކާ ބެހޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް އިއްޔެ ބޭއްވި ނޫސް ކޮންފަރެންސްގައި ސައީދު ވިދާޅުވީ، އިގުތިސޯދު ޑައިވާސިފައި ނުވަތަ ސިންދަފާތު ކުރުމުގެ މަސައްކަތް ކުރަމުންދާއިރު، ރާއްޖޭގައި ބޮޑު ކަނޑެއް އޮތުމުން އޭގެ މަންފާ ކުރަންޖެހޭ ކަމަށެވެ.
އެގޮތުން ރާއްޖޭގައި ލޮނު އުފެއްދުމުގެ މަސައްކަތް ކުރުމަށް ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބިސީސީ)އާ ހަވާލުކޮށްފައިވާ ކަމަށާއި އެކަމަށްޓަކައި ދިރާސާ ކުރުމަށް އޫއެންޑީޕީގެ އެހީ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ސައީދު ވިދާޅުވި އެވެ.
ސައީދު އިތުރަށް ވިދާޅުވީ، ރާއްޖޭގައި އޮތް ޓޫރިޒަމް އިންޑަސްޓްރީއަށް ކޮލިޓީ ލޮނު އެތެރެ ކުރާއިރު ފަތުރުވެރިކަމަށާއި ރާއްޖޭގެ މީހުން ކާން ބޭނުންކުރާ ލޮނުގެ ބާވަތްތައް މި ފަސް އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގައި އުފައްދަން ފެށޭނެ ކަމަށެވެ.




ގުޅުންހުރި
ބަންޑުން ޖަހާލި ދޯނިން ގެއްލުނު ދިވެހި މީހާ މަރުވެފައި އޮއްވައި ފެނިއްޖެ
ގޯއްޗާއި ފުލެޓަށް ކުރިމަތިލާން ހުޅުވާލައިފި
ވާދޫ ކައިރިއަށް ދޯންޏެއް ބަންޑުން ޖަހާލައި، ދެ މީހަކު ގެއްލިއްޖެ
ރިސޯޓެއްގެ ޑަސްބިނުން ފެނުނު ކުއްޖާގެ ޖަނާޒާ ބާއްވައިފި
ގިނަ ތުހުމަތުތަކަކާއެކު ޝަހީދު ލެގަސީ، ”ޓޫއޮފްއަސް“ އިން ވަކިވެއްޖެ
ރަސްފަންނު މޫދުގައި ތޫނު އިތާތަކެއް