ޒަމާނީ ފެންވަރަށް ށ. މިލަންދޫ މަގުތައް ތަރައްގީ ކުރުމުގެ މަޝްރޫއުގެ 95 ޕަސަންޓް މަސައްކަތް ނިމިފައިވާ ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ބުނެފި އެވެ.
އާރްޑީސީން މިއަދު ބުނީ މަގުތަކުގައި ކޮނެގެން ކުރަންޖެހޭ މަސައްކަތްތައް މިހާރު ނިމިފައިވާކަމަށެވެ. އަދި ކާބް ސްޓޯން ޖެހުމާއި ދުވާރުގެ މަސައްކަތްތަކުގެ 98 އިންސައްތަ ނިމިފައިވާކަމަށް އާރްޑީސީން ބުންޏެވެ. އެ މަޝްރޫއުގެ ދަށުން މަގު ބައްތި ޖެހުމުގެ މަސައްކަތުގެ ބޮޑު ބައެއް މިހާރު ނިމިފައިވާއިރު، އެންމެ ގޯޅިއެއްފިޔަވައި ތާރު އެޅުމުގެ މަސައްކަތްތައް ވެސް ނިމިފައިވާކަމަށް އާރުޑީސީން ބުންޏެވެ.
އެ މަޝްރޫއުގެ ދަށުން ޖުމްލަ 6.3 ކިލޯމީޓަރު ސަރަހައްދުގެ 9 މަގަކާއި 3 ގޯޅިއެއް ޒަމާނީ ފެންވަރަށް ތަރައްގީ ކުރާނެ އެވެ.
މިހާރު ކުރިއަށްދަނީ ސްޕީޑް ބްރޭކާތައް ހެދުމާއި މަގުގައި ކުރަހަންޖެހޭ ނިޝާންތައް ކުރެހުމުގެ މަސައްކަތުގެ ފިނިޝިން މަސައްކަތް ކަމަށް އާރްޑީސީން ބުންޏެވެ.
މިލަންދޫ މަގުހެދުމުގެ މަޝްރޫއު އާރްޑީސީއާ ހަވާލުކޮށްފައިވަނީ 2020 މާޗު 12 ގަ އެވެ. އެ މަސައްކަތް ހަވާލުކުރީ ކުރިއަށްގެންދިއުމަށް އާރުޑީސީ އާއި ހަވާލުކޮށްފައިވަނީ 12 މަރިޗު 2020 ގައެވެ.

ގުޅުންހުރި
މިއަހަރުގެ ސަޓާ އެވޯޑްސް ސެޕްޓެމްބަރު މަހު ކޮލަމްބޯގައި
ފުވައްމުލަކުގެ މަޝްހޫރު ”ޝާކް ޕޮއިންޓް“ ނެޓްފްލިކްސްއަށް
ރާއްޖޭގައި ބާނާ މަހުން ޗައިނާގައި މަސްދަޅު ބަންދުކޮށްފި
ހަނިމާދޫ އެއާޕޯޓް ވިއްކާލަން އުޅޭ ކަމަށް ބުނެ ޔާމީން ދެއްކީ ބުހުތާނު
ފަރުވާއަށް ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީގައި އެމްބިއުލާންސް ހަލާކުވެ, މީހާ މަރު!
އޮންލައިންކޮށް ދިމާވި ކުއްޖާއާ ބައްދަލުކުރަން ދިޔަ މީހާ މެހުނީ މަޅިއަކަށް, ރަހީނުކޮށް