ސަރުކާރުގެ ހަރަދުގައި އިއްޔެ ހައްޖުގެ އަޅުކަމަށް ސައުދީ އަރަބިއްޔާއަށް ފުރި 50 މީހުންގެ ގްރޫޕުގެ ތެރޭގައި ނިމަކެތި ނޫން މީހަކު ހިމެނޭ މައްސައެއް ފެންމަތިވުމުން އިސްލާމިކް މިނިސްޓްރީން އެ މައްސަލަ ބަލަން ފަށައިިފި އެވެ.
އެ މައްސަލަ ފެންމަތިވެފަައިވަނީ ސަރުކާރުގެ ހަރަދުގައި ހައްޖުގެ އަޅުުކަން އަދާކުރަން ދިޔަ މީހެއްގެ ޝުއޫރު ކަމަށް ބުުނެ ޕީއެސްއެމްއިން އާންމުކުރި ވީޑިއޯއަކާ ގުޅިގެންނެވެ. އެ ވީޑިއޯއިން ފެންނަ މީހާއަކީ ހިލޭ ހައްޖު ޕްރޮގްރާމަށް ޝަރުތު ހަމަނުވާ މީހެއް ކަމަށް ގިނަބަޔަކު ވަނީ ބުނެފަ އެވެ.
އެކަމާ ގުޅިގެން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު ވިދާޅުވީ ސަރުކާރުގެ ހަރަދުގައި މިއަހަރު ހައްޖަށް ދާނެ މީހުންގެ ކަނޑައަޅައިި، ގުރުއަތު ނަގައިފައިވަނީ ކުރީ ސަރުކާރުގެ ފަގީރުންގެ ދަފްތަރުގައިވާ ހިމެނޭ މީހުންނާ އެކު ކަމަށެވެ.
ކުރީ ސަރުކާރުން ތައްޔާރުކުރި ފަގީރުންގެ ލިސްޓު ދިރާސާ ކުރުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން މިދިޔަ އަހަރުގެ ޑިސެމްބަރުގައި ކޮށްފައިވާނެ ކަމަށާއި އެ މީހާ އެ ލިސްޓަށް އަރާފައި އޮތީ ކޮވިޑްގެ ހާލަތާ ގުޅިގެން އައި ދަތި ދުވަސްތަކާ ގުޅިގެން ކަމަށް ޝަހީމު ވިދާޅުވި އެވެ.
”އެކަން ހިނގާފައިވާ ގޮތް އަޅުގަނޑުމެންގެ މިނިސްޓްރީން ބަލަމުންދަނީ.“ ޝަހީމް ވިދާޅުވި އެވެ.
އެނގިފައިވާ ގޮތުގައި އެމީހާއަކީ ރަށެއްގެ ސްކޫލެއްގެ އިސްލާމް ޓީޗަރެކެވެ. އަދި މިސްކިތެއްގައި އިމާމުވެ ނަމާދު ކުރަމުންދާ އިމާމެކެވެ.




ގުޅުންހުރި
މަޖިލީހުގެ އާ ދައުރަށް ބަޖެޓު ފާސްކުރެވޭ ގޮތަށް ގާނޫނަށް އިސްލާހު ގެންނަނީ
ދެ އިންތިހާބު އެކުގައި ބާއްވަން އެމްޑީޕީން މިހާރު ބޭނުންނުވަނީ އިންތިހާބަށް ކަޑަ
އައްޑޫ ސިޓީ އާއި ހުޅުދޫ އަދި މީދޫގެ އިހްތިސާސަށް ބަދަލު ގެނެސްފި
މަގުތަކުގައި ނަންބޯޑު ޖެހުމަށް 25 މިލިއަން ރުފިޔާއަށް ހަވާލުކުރި ކަމަށް ދެކެވޭ
މާވިން އިސްލާމްވެއްޖެ، އޭނާގެ އާ ނަމަކަށް ޔޫސުފް
ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ މުއްދަތު އޭޕްރީލްގެ ނިޔަލަށް އިތުރުކޮށްފި