ޓީއެމްއޭގެ ސީ-ޕްލޭނެއް ކަނޑަށް ޖައްސަން އުޅުމުގެ ތެރޭގައި އެކްސިޑެންޓްވި މައްސަލަ ތަހުގީގު ކުރަން ފަށައިފައިވާ ކަމަށް ސިވިލް އެވިއޭޝަން އޮތޯރިޓީން ބުނެފިއެވެ.
ސިވިލް އެވިއޭޝަނުން މިރޭ އެ ހާދިސާ ހިނގައިވަނީ 3:30 އެހާކަންހާއިރު ކަމަށެވެ. އެ ސީ ޕްލޭނަކީ ޑީއެޗްސީ ޑޭޝް 6 މަރުކާގެ ބޯޓެއް ކަމަށާއި އޭގައި 11 ފަސިންޖަރުންނާއި ތިން ކުރޫއިން ތިބި ކަމަށް ސިވިލް އެވިއޭޝަނުން ބުންޏެވެ.
އެ އެކްސިޑެންޓް ހިނގައިފައިވަނީ ކަނޑަށް ޖެއްސުމުގެ ތެރޭގައި ބޯޓުގެ ކަނާތު ކަނާތު ކަނދަށް ގެއްލުންވުމުގެ ސަބަބުން ކަމަށް ސިވިލް އެވިއޭޝަނުން ބުންޏެވެ.
އެ އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށް ސިވިލް އެވިއޭޝުން ބުންޏެވެ.
ފުލުހުން ބުނީ އެ ހާދިސާ ހިނގާފައިވަނީ ބ. އަތޮޅުގެ ރިސޯޓަކަށް ސީޕްލޭން ޖައްސަން އުޅުމުގެ ތެރޭގައިކަމަށެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ނުވާކަމަށް ފުލުހުން ބުންޏެވެ.
ސޯޝަލް މީޑިއާގައި އާންމުވަމުންދާ ވީޑިއޯއިން ފެންނަ ގޮތުގައި ސީޕްލޭން އެކްސިޑެންޓްވެ، ވަނީ ދިޔަވެފައެވެ.

ގުޅުންހުރި
ރަސްމާލޭގައި ފްލެޓް އެޅުމުގެ ފުރުސަތު ސިންގަޕޫރުގެ އިންވެސްޓަރުންނަށް ހުޅުވާލައިފި
މަޖީދީ މަގާއި ބޮޑުތަކުރުފާނު މަގުގައި ޕާކުކޮށްގެން 380 ސައިކަލާއި 40 ކާރު
ތެޔޮ އުފުލާ ދެ ދޯންޏެއްގައި ރޯވެ ދެ މީހަކު ފިހިއްޖެ
680 މިލިއަން ޑޮލަރުގެ އިންވެސްޓްމެންޓް ޔަގީންވެއްޖެ: ސައީދު
ފުރަތަމަ އެސްއީޒެޑް މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފި
1434 ދަރިވަރަކު ދަނީ ގުރުއާން ހިތުދަސްކުރަމުން، ގިނައީ އަންހެން ކުދިން