އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ، ރައީސް ޑރ. މުހައްމަދު މުއިއްޒަށާއި ދިވެހި ސަރުކާރަށް އަދި ދިވެހިންނަށް އަޟްހާ އީދުގެ ތަހުނިޔާ ފޮނުއްވައިފި އެވެ.
ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ސަރުކާރަށާއި ރާއްޖޭގެ ރައްޔިތުންނަށް އީދުގެ ހެޔޮއެދުންތައް މޯދީ އަރިސް ކުރައްވާފައިވާ ކަމަށެވެ. އަދި އީދު ދުވަހުން ހަނދާނަށް ގެނެސްދެނީ ސުލްހަވެރި ދުނިޔެއެއް ބިނާކުރުމުގެ ބޭނުންތެރިކަން ކަމަށް މޯދި ވިދާޅުވި ކަމަށްވެސް ބުންޏެވެ.
”ބޮޑުވަޒީރު މޯދީގެ މެސެޖުގައި، މިއަދު މި ފާހަގަކުރާ އުފާވެރި އީދު ދުވަހުން ހަނދާނަށް ގެނެސްދެނީ އަޅުގަނޑުމެން އެންމެން އުއްމީދުކުރާ ސުލްހަވެރި އަދި އެންމެހާ ފަރާތްތަކެއް ހިމެނޭ ދުނިޔެއެއް ބިނާކުރުމުގައި ބޭނުންތެރި، އެކުވެރިކަމާއި އެއްބައިވަންތަކެމެވެ،“ އިންޑިއާ ހައި-ކޮމިޝަނުން ބުންޏެވެ.
ހައި ކޮމިޝަނުން ބުނީ ބޮޑު އީދަކީ އިންޑިއާގައި އޮތް މަލްޓި ކަލްޗަރަލް ހެރިޓޭޖުގެ ތެރެއިން ފޯރިއާއި އުފާވެރިކަމާއެކު ފާހަގަކުރާ ދުވަހެއް ކަމަށް މޯދީ ވިދާޅުވި ކަމަށެވެ.
ރައީސް މުއިއްޒު، ސަރުކާރާ ހަވާލުވެވަޑައިގަތްފަހުން ރާއްޖެއާއި އިންޑިއާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުން އޮތީ ވަރަށް ބޮޑަށް ހީނަރުވެފަ އެވެ. ދެ ގައުމުގެ މެދުގައި އޮތް އެކުވެރިކަމުގެ ގުޅުން އެންމެ ބޮޑަށް ހީނަރުވީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ފޮނުވާލުމަށް މިއަދު ވެރިކަމުގައި އޮތް ޕީޕީއެމް/ ޕީއެންސީގެ ކޯލިޝަނުން ގޮވާލައި ކުރިއަށް ގެންދިތަ ”އިންޑިއާ އައުޓް“ ކެމްޕޭނުގެ ސަބަބުންނެވެ.
އެ ހަރަކާތް ފެއްޓެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޖަލަށް ހުކުމް ކުރެއްވުމުން، އެ ހަރަކާތް ކުރިއަށް ގެންދިއުމުގައި ދެން އެންމެ އިސްކޮށް އުޅުއްވީ ރައީސް މުއިއްޒާއި ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.




ގުޅުންހުރި
ހަނގުރާމައާ ގުޅިގެން ދިވެހީންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވަޒީރުންގެ ހާއްސަ ކޮމިޓީއެއް
މަޖިލީހުގެ އާ ދައުރަށް ބަޖެޓު ފާސްކުރެވޭ ގޮތަށް ގާނޫނަށް އިސްލާހު ގެންނަނީ
ދެ އިންތިހާބު އެކުގައި ބާއްވަން އެމްޑީޕީން މިހާރު ބޭނުންނުވަނީ އިންތިހާބަށް ކަޑަ
އައްޑޫ ސިޓީ އާއި ހުޅުދޫ އަދި މީދޫގެ އިހްތިސާސަށް ބަދަލު ގެނެސްފި
ރައީސް، މެދުހެންވޭރު ”ދޮރުންދޮރަށް“ ހަރަކާތަށް
ރައީސް މިއަދުވެސް ”ދޮރުންދޮރަށް“ ހަރަކާތަށް