މާލޭގައި ކުށްކުރުން އިތުރުވެފައި ވަނީ ކުށްވެރިންގެ ގިނަ ބަޔަކު އެއްވެސް ހަމައެއް ނެތި މުޖުތަމައުއަށް ދޫކޮށްލާފައި ވާތީ ކަމަށް ފުލުހުން ތަރުޖަމާން އަދި އެސިސްޓެންޓް ކޮމިޝަނާ އޮފް ފޮލިސް އަހްމަދު ޝިފާން މިއަދު ވިދާޅުވެއްޖެ އެވެ.
ޝިފާން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މާލޭގައި ކުށްކުރުން އިތުރުވެފައިވާ ވާހަކަ އަކީ ހަގީގަތެއް ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި، ކުށްކުރުން އިތުރުވި މައިގަނޑު އެއް ސަބަބަކީ މީގެ 10 ވަރަކަށް މަސްދުވަސް ކުރިން 434 ކުށްވެރިން މުޖުތަމައު އަށް ދޫކޮށްލާފައިވުމެވެ. އެ ކުށްވެރިން ދޫކޮށްލީ އެ މީހުން މޮނިޓާކުރެވޭނެ ހަރުދަނާ ނިޒާމެއް ނެތި ކަމަަށް އޭނާ ވިދާޅުވި އެވެ. ”އަޅުގަނޑުމެން މި ތިބީ ވަރަށް ބޮޑު ދަތިކަމެއްގެ ތެރޭގައި،“ ޝިފާން ވިދާޅުވި އެވެ.
ފުލުހުންގެ އިންފްރާސްޓްރަކްޗާ ތަރައްގީކޮށް ވަރުގަދަކުރުމަށްޓަކައި މިދިޔަ އަހަރުތަކުގެ ތެރޭގައި ޕްލޭން ކުރެވިގެން މަސައްކަތްތަކެއް ކޮށްފައި ނުވާތީ، މި މައްސަލަ ހައްލުކުރަން އިތުރަށް ދަތިވެފައިވާ ކަމަށް ވެސް ޝިފާން ވިދާޅުވި އެވެ.
ޝިފާން މިހެން ވިދާޅުވެފައިވާއިރު މާލެ ސަރަޙައްދުގައި ވައްކަމުގެ މައްސަލަތައް އިތުރުވާކަމުގެ ޝަކުވާތައް ވަނީ އިތުރުވެފައެވެ. އެގޮތުން، މާލެ ސަރަޙައްދުގައި ވައްކަމާއި ފޭރުމުގެ މައްސަލަތައް އިންތިހާއަށް އިތުރުވެފައިވާ ކަމަށް ފުލުހުން އެންމެފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައިވެސް ވަނީ ވިދާޅުވެފައެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ ކުންފުނި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރުގެ ކާރު ދާދީފަހުން ވަގަށް ނެގި މައްސަލައެއް ތަހުގީގު ކުރަނިކޮށް ޓްރާންސްޕޯޓު މިނިސްޓްރީގެ ތެރެއިން ހިންގާފައިވާ ވެހިކަލްތަކުގެ ބިޔަ ސްކޭމެއް ވެސް ވަނީ ފަޅާ އަރައިފަ އެވެ. އެ މައްސަލަ ތަހުގީގުކުރަނިކޮށް އެއީ ވެހިކަލް ވަގަށް ނެގުމުގެ ބޮޑު ނެޓްވޯކެއް ހިންގާ ބަޔަކުކަން ވަނީ އެނގިފަ އެވެ.
އޮޅުވާލައިގެން ހިޔާ ފްލެޓުގެ އެޕާޓްމަންޓަށް މީހުން ގެންގޮސް ރަހީނުކޮށް، ބަރަހަނާކޮށް، ބްލެކް މެއިލްކުރާ މައްސަލަ ވެސް ވަނީ ވަރަށް ބޮޑުވެފަ އެވެ. އެކަން ކުރާ ބަޔަކު ހައްޔަރުކޮށް، ފަސް މީހެއްގެ ވަނަވަރު ވެސް ފުލުހުން ވަނީ އާންމުކޮށްފަ އެވެ.
![](https://haftha.mv/wp-content/uploads/2024/04/Scam-call-ad-MMA.jpg)
![](https://haftha.mv/wp-content/uploads/2024/04/Scam-call-ad-MMA.jpg)
14 Comments
ގުޅުންހުރި
ސްޓެލްކޯ އިންޖީނުގެތަކުގެ މެނޭޖަރުންނަށް ބޭއްވި މަހާސިންތާ ނިންމާލައިފި
ހަށިވިއްކި މައްސަލަ: ދިވެހި މީހާ ދޫކޮށްލައިފައި، ތައިލެންޑު ތިން އަންހެނުން ބަންދަށް
ޖިނާއީ ކުށްތަކާ ގުޅިގެން ކުރާ ޖޫރިމަނާގެ ފައިސާ ނުދައްކާ މީހުން ޖަލަށް
ﷲ އަށް ވަކީލުކުރުމަކީ، ވަކީލުކޮށްފީމޭ ބުނެ ދެއަތް އުރައިލައިގެން ތިބުމެއް ނޫން
ވެރިކަމުގައި މިހާރު މި ހުރީ އިބްރާހިމް މުހައްމަދު ސޯލިހު ދެވަނަ: ހުސެއިން
ފެނަކަ ގާދިއްފުށި ބްރާންޗުގައި މެނޭޖަރެއް ހުއްޓައި އިތުރު މެނޭޖަރެއް ނެގި ވާހަކަ