ގދ. އަތޮޅު ކައުންސިލުން ތުރުކީ އަށާއި ދުބާއީއަށް ކުރި ދަތުރަކަށް 837,000 ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ ފިސްކަލް ޒިންމާގެ ބިލަށް ބަހުސް ކުރައްވަމުން ދިއްގަރު ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ ނާޒިމް ވިދާޅުވީ ކައުންސިލްތަކުގެ ގާނޫނުގެ ދަށުން ދީފައިވާ ބާރު ކައުންސިލްތަކުން ހިފަނީ އެއްވެސް މަލީ ޒިންމާދާރުކަމެއް ނެތި ކަމަށެވެ. އަދި އިގުތިސޯދު މިހާ ދަތިވެފައި އޮތް ދަނޑިވަޅެއްގައި އަތޮޅު ކައުންސިލްތަކުން ތުރުކީ، ދުބާއީ އަދި ބެންކޮކަށް ދަތުރުކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
އެގޮތުން އަންނަ ޖުލައި 26ގެ ބަންދުގައި ހއ. އަތޮޅު ކައުންސިލަރުން ބެންކޮކަށް ދަތުރެއް ރާވާފައިވާއިރު، ގދ. އަތޮޅު ކައުންސިލަރުން މި އަހަރުގެ ތެރޭގައި ތުރުކީއަށާއި ދުބާއީއަށް ކުރި ދަތުރަށް 837،000 ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ
”ގދ. އަތޮޅު ކައުންސިލަރުން 12 ދުވަހަށް ތުރުކީއަށް ތިން ދުވަހަށް ދުބާއީއަށް ދަތުރުކުރުމަށް 837,078.96 ރުފިޔާ ހަރަދުކޮށްފައިވޭ. ޑޮލަރު ގަތީ ކަޅު ބާޒާރުން 17.60 ރުފިޔާ އަށް. މިއީއެއް ނޫން އަޅުގަނޑުމެން ކުރަންވީ ކަމަކީ. އަޅުގަނޑުމެން އެބަޖެހޭ ޒިންމާދާރުވާން,“ ނާޒިމް ވިދާޅުވި އެވެ.
ގދ. އަތޮޅު ކައުންސިލްގެ ރައީސަކީ ޕީޕީއެމްގެ ޓިކެޓުގައި އިންތިހާބުވެވަޑައިގެންނެވި ހަސަން ފައިހަތު ގުދުރަތުالله އެވެ. އޭނާގެ އިތުރުން އެ ކައުންސިލުގައި އެމްޑީޕީގެ ހަތަރު މެންބަރުންނާއި ޕީއެންސީގެ ހަތަރު މެންބަރުން އަދި މިނިވަން މެންބަރަކު ހިމެނެ އެވެ.
ނާޒިމް އިތުރަށް ވިދާޅުވީ، ކައުންސިލްތަކުގެ ގާނޫނަށް ގެންނަންޖެހޭ އިސްލާހެއް ގެނެސްގެން ނަމަވެސް ދައުލަތުގެ ވިސްނުމާ އެއްގޮތަށް ކައުންސިލްތަކުގެ ވިސްނުންވެސް އެއްގޮތް ކުރައްވާނެ ކަމަށެވެ.
ގުޅުންހުރި
ދޮގާއި ދޮގު ހަބަރު ފެތުރުމަކީ ދިވެހި މުޖުތަމައުގައި މޫލާފައި އޮތް ބޮޑު
ގުރުއާން ހިތުދަސް ކުރި 28 ހާފިޒަކަށް ރައީސްގެ ހާއްސަ މެޑަލް ދީފި
މަރާމާތަށްފަހު އާސަހަރާ މިސްކިތާއި ހިނަވާގެ ހުޅުވައިފި
އަމިނަތު ހުސައިން ފިޝަރީޒްއަށް، ނަމްޒާ ޔޫތްއަށް ބަދަލުކޮށްފި
އަންނަ އާދީއްތަ ދުވަހު ރައީސް، އިންޑިއާއަށް ވަޑައިގަންނަވަނީ
އަނބިދަރީންނަށް އަޅައިނުލުމަކީ އަނިޔާއެއް އަދި ހަރާމް ކަމެއް, ގިޔާމަތް ދުވަހުން ސުވާލު