އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒް ސަލީމާއި އިތުރު ދެ މީހަކު ބައިވެރިވެގެން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ސިހުރު ހެދި ކަމަށް ބުނާ މައްސަލައެއް އެ މަނިކުފާނާއި އެ މަނިކުފާނުގެ އާއިލާ އިންވެސް ފުލުހުންނަށް ހުށަހަޅާފައި ނުވާ ކަމަށް ސަރުކާރުން ބުނެފި އެވެ.
ރައީސް މުއިއްޒުއާ ސިޔާސީ ގޮތުން ގާތްވުމަށް ސިހުރު ހެދި ކަމަށް ބުނާ މައްސަލައިގައި ޝަމްނާޒާއި އޭނާގެ ކޮއްކޮ ސަނާ ސަލީމާއި ސިހުރު ހެދި ކަމަށް ތުހުމަތުވާ 58 އަހަރުގެ ފިރިހެނަކު މިދިޔަ މަހުގެ 23 ވަނަ ދުވަހު ހައްޔަރުކޮށް، މައްސަލަ ދަނީ ބަލަމުންނެވެ.
އެ މައްސަލައިގައި ހިމެނޭ ފިރިހެން މީހާ ޝަރުތުތަކަކާ އެކު ދޫކޮށްލާފައިވާ އިރު، ޝަމްނާޒާއި އޭނާގެ ކޮއްކޮގެ ބަންދަށް ކޯޓުން މިއަދު ވަނީ އިތުރު ހަތް ދުވަސް ޖަހައިފަ އެވެ.
ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޝަމްނާޒާއި އިތުރު ދެ މީހަކު ބައިވެރިވެގެން ސިހުރު ހަދާ ކަމަށް ފުލުހުން ތަހުގީގުކުރާ މައްސަލައަކީ ރައީސްއާއި އެ މަނިކުފާނުގެ އާއިލާ އިން ހުށަހެޅި މައްސަލައެއް ކަމަށް ބުނެ މީޑިއާގައި ފަތުރަނީ ދޮގު ވާހަކަތަކެއް ކަމަށެވެ.
ޝަމްނާޒުގެ އިތުރުން އޭނާގެ ކުރީގެ ފިރިކަލުން، ރައީސް އޮފީހުގެ މިނިސްޓަރު އާދަމް ރަމީޒު ވަނީ މަގާމުން ސަސްޕެންޑް ކޮށްފަ އެވެ. ނަމަވެސް ރަމީޒު ސަސްޕެންޑް ކުރީ ކޮން ސަބަބަކާ ގުޅިގެން ކަމެއް ރައީސް އޮފީހަކުން ނުބުނެ އެވެ.




ގުޅުންހުރި
ނޭޝަނަލް އެންޓި ޑޯޕިން އެޖެންސީ އުފައްދައިފި
މޯލްޑިވްސް ޑިޖިޓަލް ސާވިސް އުފައްދައި އެންސީއައިޓީ އުވާލައިފި
ރިޔާސީ ބަޔާން އިއްވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ގޮތުގައި ހަމަޖައްސައިފި
ރިޔާސީ ބަޔާން އިއްވަވާ ޖަލްސާ ފެބްރުއަރީ 5ގައި
ކައުންސިލްތަކަކީ ސަރުކާރު ޖަވާބުދާރީ ކުރުވާ ބައެއް ނޫން، އެއީ ވެރިކަމުގެ ފަށަލައެއް:
ފިކުރީ މުދާ ހިމާޔަތްކުރާ އޮފީސް އުފައްދައިފި