ހުޅުމާލެ ޖަލުގައި މަސައްކަތްކުރާ މޯލްޑިވްސް ކަރެކްޝަންސް ސާވިސް (އެމްސީއެސް)ގެ އޮފިސަރަކަށް މަރުތޭލަކުން ހަމަލާދިން މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުގައި ތިބީ އަހުމަދު އިޔާޒް، ރ. އިނގުރައިދޫ/ މިރިހިމާގެ (24އ) އާއި ގއ. މާމެންދޫ/ ގްލޭނޫރަންމާގެ، އަހުމަދު ރަބީއު (26އ) އެވެ.
ފުލުހުންގެ ވެބްސައިޓުގައި ބުނީ، 11 ޖޫން 2024 ގައި މި މައްސަލަ ހުށަހެޅުމާއި ގުޅިގެން ހާދިސާ ހިނގި ސަރަހައްދުގައި ހުރި ޕޮލިސް ކެމެރާ ފުޓޭޖުތަކާއި އިތުރު ކެމެރާ ފުޓޭޖުތައް ނަގައި ބެލި ކަމަށެވެ. އަދި އެ ފުޓޭޖުތަކުން ހުޅުމާލެ ޕްރިޒަން ސަރަހައްދުގައި ސައިކަލެއްގައި ހެލްމެޓް އަޅައިގެން ތިބި ދެ މީހަކު ހުޅުމާލެ ޕްރިޒަން އިން ނުކުންނަ މުވައްޒަފުންނަށް ފާރަލަމުން ދިޔަކަން ފާހަގަކުރެވުނު ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ، ހާދިސާގައި ޖަލު އޮފިސަރަށް ހަމަލާ ދިނީ އޭނާ ސައިކަލުގައި ދުއްވާފައިދަނިކޮށް، އޭނާގެ ފަހަތުން އައިސްގެން ކަމަށެވެ. އެ ހަމަލާގައި އޮފިސަރަށް އަނިޔާއެއް ލިބިފައި ނުވާއިރު، އޮފިސަރަށް ހަމަލާ ދޭން މަސައްކަތް ކޮށްފައިވަނީ ވީޑިއޯ ފުޓޭޖުތަކުން ފެންނަ ދެ މީހުންކަން ފުލުހުންގެ ތަހުގީގަށް ލިބިފައިވާ މައުލޫމާތުން ކަށަވަރުވެފައިވާ ކަމަށްވެސް ބުންޏެވެ.
ފުލުހުން ބުނީ، ޖަލު އޮފިސަރަށް ހަމަލާ ދިން މީހުންގެ ތެރެއިން އިޔާޒު ހައްޔަރުކުރީ ފިލައިގެން ހއ. ބާރަށުގައި ހުއްޓައި 14 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ކަމަށާއި ރަބީއު ހައްޔަރުކުރީ މާލޭގެ ގެސްޓް ހައުސްއެއްގައި ފިލައިގެން އުޅެނިކޮށް، 20 ޖޫންގައި ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.
އަދި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ތަހުގީގު މަރުހަލާ ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
![](https://haftha.mv/wp-content/uploads/2024/04/Scam-call-ad-MMA.jpg)
![](https://haftha.mv/wp-content/uploads/2024/04/Scam-call-ad-MMA.jpg)
ގުޅުންހުރި
ހަށިވިއްކި މައްސަލަ: ދިވެހި މީހާ ދޫކޮށްލައިފައި، ތައިލެންޑު ތިން އަންހެނުން ބަންދަށް
ރައީސް މުއިއްޒަށް ސިހުރު ހެދި ކަމަށް ފުލުހުން ބުނާ ސިހުރުވެރިޔާ ދޫކޮށްލައިފި
ކުޑަކުދިން ލައްވައި ޑުރަގް ވިއްކާ މީހަކު ފުނަދޫން ހައްޔަރުކޮށްފި
އެންޓި ސްކޭމް ސެންޓަރަކާއި ގޭންގު ކުށްތައް ހުއްޓުވަން ވަކި ޑިޕާޓްމަންޓެއް ހަދައިފި
ފިޔޯރީން ނުވަ އަހަރުގެ ކުޑަކުއްޖަކު ގެއްލިގެން ހޯދަނީ
ދެ ލޯންޗެއް ޖެހި އެކްސިޑެންޓެއް، ދެ މީހަކަށް ފަރުވާ ދެނީ