މާލޭގައި ހަށިވިއްކާ ކަމަށް ތުހުމަތުވާ ދެ ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
އިމިގްރޭޝަނުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ، ވިއެޓްނާމަށް ނިސްބަތްވާ އެ ދެ މީހުން ހައްޔަރުކުރީ މާލޭގައި ފުޅާ ދާއިރާއެއްގައި ހަށިވިއްކާ ކަމުގެ މައުލޫމާތު ފުލުހުންގެ އިންޓެލިޖެންސަށް ލިބުމާ އެކު ރޭ ހިންގި ހާއްސަ ރެއިޑް އޮޕަރޭޝަނެއްގައި ކަމަށެވެ.
އިމިގްރޭޝަނުން ކުރި ޕޯސްޓްގައި އެ ދެ އަންހެނުން އަތުން ފެނުނު ގިނަ އަދަދެއްގެ ފައިސާގެ ފޮޓޯވެސް އާންމުކޮށްފައިވެ އެވެ.
ނަމަވެސް އެކަމުގެ އިތުރު ތަފުސީލެއް ދީފައެއް ނުވެ އެވެ.
އިމިގްރޭޝަނުން ގެންދަނީ ގާނޫނާހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ހޯދައި އެމީހުން ރާއްޖެ އިން ފޮނުވާލުމަށް ހާއްސަ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ.




ގުޅުންހުރި
ރޯދަ މަހު ދުވާލު މަގުމަތީގައި ޗުއިންގަމެއް ކެއި މީހަކު ހައްޔަރުކޮށްފި
ކައުންސިލު އިންތިހާބަށް ޕީއެންސީގެ ޑޯޓުޑޯ ހަރަކާތުގައި ރައީސް ބައިވެރިވެވަޑައިގެންފި
ހިޔާ އާއި ވެށިފަހި ކެޓަގަރީއަށް ހުށަހެޅުމުގައި ލުޔެއް
ފުލުހުންގެ އިދާރާ ހިންގެވުން ފަރުހާދަށް
ތިއުޅެނީ ކޮންކަމަކުން ސަލާމަތް ނުވެވިގެން ހެއްޔެވެ؟
ސީޕީ ނަވީން ރިޓަޔާކުރައްވައިފި