ސެޕްޓެމްބަރ 22, 2024

އާބާދީ ކުޑަ ރަށްރަށުގައި ހޮސްޕިޓަލްތައް އަޅަން ކުވޭތް ފަންޑުން 150 މިލިއަންގެ ލޯނެއް

ރާއްޖޭގެ އުތުރާއި ދެކުނުގައި ހިމެނޭ ކުދި ރަށްރަށުގައި ހޮސްޕިޓަލްތައް އަޅަން ކުވޭތު ފަންޑް ފޯ އަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓް (ކުވޭތް ފަންޑް) އިން 3،000،000 ކުވައިތީ ދީނާރު (150 މިލިއަން ދިވެހި ރުފިޔާ)ގެ ލޯނެއް ދޭން ނިންމައިފި އެވެ.

”ސްމޯލް އައިލޭންޑްސް ހޮސްޕިޓަލް ޕްރޮޖެކްޓް“ ގެ ނަމުގައި ހިންގާ އެ މަޝްރޫއުއަށް ދޭ އެ ލޯން އެއްބަސްވުމުގައި ދިވެހި ސަރުކާރާއި ކުވޭތް ފަންޑާ ދެމެދު މިއަދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގެވެ. ކުވޭތު ފަންޑުގެ ފަރާތުން ސޮއިކުރެއްވީ އެ ފަންޑުގެ އެކްޓިން ޑިރެކްޓަރު ޖެނެރަލް، ވަލީދު އަލް ބަހަރް އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ، މި މަޝްރޫއުގެ މަގުސަދަކީ ރާއްޖޭގެ އުތުރާއި ދެކުނުގައި ހިމެނޭ ކުދި ރަށްރަށުގައި ބޭނުންވާ ސިއްހީ ހިދުމަތްތައް ފޯރުކޮށްދިނުމާއި އެ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުން ކަމަށެވެ.

އަދި މަޝްރޫއުގެ ސަބަބުން ހިދުމަތް ލިބޭ ރަށްރަށުގެ މެދުގައި ސިއހީ ހިދުމަތް ހޯދުމަށް ދަތުރުފަތުރު ކުރުމުގެ ހަރަދު ކުޑަވެ، ރަށްރަށުގެ އާބާދީއަށާއި ފަތުރުވެރިންނަށް ސިއްހީ ހިދުމަތް ލާމަރުކަޒީ އުސޫލުން ފޯރުކޮށްދީ، ދެވަނަ ފަންތީގެ ސިއްހީ ފަރުވާ އެންމެ އެކަށީގެންވާ ވަގުތުގައި ލިބިގެންދިއުމަކީވެސް އެ މަޝްރޫއުގެ މަގުސަދެއް ކަމަށް ބުންޏެވެ.

ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި ހޮސްޕިޓަލްތައް ތަރައްގީކުރުމުގެ ތެރޭގައި އިމާރާތްކުރުމުގެ މަސައްކަތްތަކާއި ހޮސްޕިޓަލް އިމާރާތްތަކާއި ހިދުމަތުގެ އިލެކްޓްރޯ ޓެކްނިކަލް މަސައްކަތްތަކާއި ސިއްހީ އާލާތްތަކާއި ފަރުނީޗަރު ފޯރުކޮށްދިނުމާއި ކުރެހުންތަކާއި ބީލަން ލިޔެކިޔުންތައް ތައްޔާރުކުރުމާއި އިމާރާތްކުރުމުގެ މަސައްކަތް ބެލެހެއްޓުމަށް ބޭނުންވާ އިންޖިނިއަރިން ހިދުމަތް އަދި މަޝްރޫއު ތަންފީޒުކުރާ ޔުނިޓު ހިމެނޭ އެވެ.

7 Comments

  • Ehkala Anwey ޖުލައި 29, 2024

    Mohamed Shafeeq gadha ey dhw👌😁

  • Raaveriyaa Ge Dhari ޖުލައި 29, 2024

    Aabaadhee kudhi rahrashugai hospitalthah alhaanee varah bodethi moyaainneve.

  • އަލީ ރަޝީދު ޖުލައި 29, 2024

    Ehen viyyaa vaavu atholhah enme aulaakan bodee

  • Adam Sharyf ޖުލައި 30, 2024

    Rasdhooge kantha kihineh dhany Ibrahim Sunil

    • Ibrahim Sunil ޖުލައި 30, 2024

      Adam Sharyf hamajehifa iny (nukuraagothah)

  • ހައްޖަ ސަމަދު އޯގަސްޓް 1, 2024

    Thi ves hadhaaney male ga eyrun dho male tharahgee velaaney

  • Mohamed Surey އޯގަސްޓް 1, 2024

    ކިހާވަރެއްގެއާބާދީކުޑަރައްރަށަކައްބާ

Leave a Reply