ނުތާހިރުކޮށް ކާބޯތަކެތީގެ ވިޔަފާރި ކުރަމުންދިޔަ ތަނަކުން ގަވާއިދާ ހިލާފަށް އުޅެމުންދިޔަ ހަތަރު ބިދޭސީއަކު އަތުލައިގެންފި އެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ބުނީ އެ މީހުން އަތުލައިގަތީ ”އިމިގްރޭޝަން ވޮޗް“ މެދުވެރިކޮށް ލިބުނު ރިޕޯޓަކާ ގުޅިގެން އެ މީހުން ކާބޯތަކެތި ތައްޔާރުކުރާ ތަނުން ކަމަށެވެ.
އިމިގްރޭޝަނުން ވަނީ ކާބޯތަކެތި ތައްޔާރުކުރާ ތަނުގެ ފޮޓޯތަކެއްވެސް އާންމުކޮށްފަ އެވެ.
އެ ފޮޓޯތަކުން ފެންނަ ގޮތުގައި ބިދޭސީން ކައްކަމުން ދިޔަ ތަނުގައި އެއްވެސް ސާފުތާހިރު ކަމެއް ނެތެވެ. އަދި ބޮޑެތި ތެލިތަކުގައި ކައްކައި، ކޮތަޅުތަކަށް ބަތް އަޅައި ފުނިފުންޏަށް ޖަހާފައި ހުންނަތަންވެސް ފެނެ އެވެ. އެތަނުގެ ތެރޭގައި ތަރުތީބެއް ނެތި ތަކެތި ހުރި އިރު، ބޭނުންކުރާ ސާމާނުތައްވެސް ފެނުނީ ނުތާހިރުކޮށް ހުއްޓަ އެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ ތެރެއިން، ފާއިތުވި ހަތް މަސް ތެރޭގައި 2،013 ބިދޭސީއަކު ޑީޕޯޓުކޮށްލާފައިވާ ކަމަށް އިމިގްރޭޝަނުން މީގެ ކުރިން ބުނެފައިވެ އެވެ. އިމިގްރޭޝަނުން ވަނީ މީގެ ކުރިން ބިދޭސީން ހިންގާ ކުދި ރީޓެއިލް ފިހާރަ އަދި ޓޭކްއަވޭ ކޮފީ ޝޮޕްތަކުންނާއި މާލޭގައި ހިންގާ ހަށި ވިއްކާ ތަންތަނުން ވެސް ބިދޭސީން ވަނީ ހައްޔަރުކޮށް، ޑީޕޯޓް ކޮށްފަ އެވެ.




ގުޅުންހުރި
އޮޅުވާލައިގެން ފައިސާ ހޯދައި، މަނީ ލޯންޑާ ކުރަމުންދިޔަ ބަންގްލަދޭޝް ގުރޫޕެއް އަތުލައިގެންފި
މުއްދަތު ހަމަވެފައިވާ ވޯކް ސައިޓުތައް ރަޖިސްޓްރީކުރަން އަންގައިފި
އަހަރުގެ ފުރަތަމަ ކްރޫޒްލައިނާ 479 ފަސިންޖަރުންނާއެކު ރާއްޖެއަށް
މިމަހު އެކަނިވެސް 96 މަސާޖު ޕާލާ ބަންދުކޮށްފި
ބަނގުރާ ގެންގުޅެ، ބޭނުންކުރާކަމުގެ ތުހުމަތުގައި ނޭޕާލް ބަޔަކު ހައްޔަރުކޮށް ޑީޕޯޓްކޮށްލަން ނިންމައިފި
ދަންވަރު ބޭރުގައި އުޅުނު 23 ބިދޭސީއަކު ހުއްޓުވައި، އެކަކު ހައްޔަރުކޮށްފި