ބަހްރައިންގެ ރަސްގެފާނު ހަމަދު ދިން އީސާ އަލް-ހަލީފާއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު، ހާއްސަ ސިޓީފުޅެއް ފޮނުއްވައިފި އެވެ.
ބަހްރެއިންގެ ފޮރިން މިނިސްޓަރު ޑރ. އަބްދުއްﷲ ލަތީފު ބިން ރާޝީދު އަލް ޒަޔާނީގެ ދައުވަތަކަށް ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވަނީ ރަސްމީ ދަތުރެއްގައި ރޭ އެގައުމަށް ވަޑައިގެންފަ އެވެ.
ޒަމީރު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބަހްރައިންގެ ރަސްގެފާނުގެ ދޮށީދަރިކަލުން، ބަހްރައިންގެ ބޮޑުވަޒީރު، ކްރައުން ޕްރިންސް އަދި ޑެޕިއުޓީ ސުޕްރީމް ކޮމާންޑާ އަލް އަމީރު ސަލްމާން ބިން ހަމަދު އަލް-ހަލީފާއާ ބައްދަލުކުރައްވައި، ރައީސްގެ އެ ސިޓީފުޅު ހަވާލުކުރައްވާފައިވާ ކަމަށެވެ.
އެ ބައްދަލުވުމުގައި ބަހްރައިންއާއި ރާއްޖެއާ ދެމެދޮ އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް މަޝްވަރާކޮށްފައިވާނެ ކަމަށް ޒަމީރު ވިދާޅުވި އެވެ.
ފޮރިން މިނިސްޓްރީން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިބަނީ ޒަމީރު ބަހްރައިން ކުރައްވާ މި ދަތުރުގެ ތެރެއިން ދެ ގައުމުގެ ދެމެދުގައި މަތީ ފަންތީގެ މަޝްވަރާތައް ބޭއްވުމަށް ހަމަޖެހިފައިވާއިރު، އެ ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރާނީ ދެ ގައުމުގެ މެދުގައި އެއްބާރުލުން ދެވޭނެ ދާއިރާތައް ދެނެގަތުމަށާއި ދެ ގައުމުގެ ގުޅުން ވަރުގަދަ ކުރުމަށް ކަމަށެވެ.
ޒަމީރުގެ ދަތުރުގެ ތެރެއިން ބަހްރެއިންގެ ފިނޭންސް އެންޑް ނޭޝަނަލް އިކޮނޮމީ މިނިސްޓަރާއި އޮއިލް އެންޑް އެންވަޔަރަމެންޓް މިނިސްޓަރު އަދި ޓޫރިޒަމް މިނިސްޓަރާ ބައްދަލުކުރައްވައި ދެ ގައުމުގެ މެދުގައި ގުޅުން ބަދަހިކުރެވޭނެ ދާއިރާތަކާއި އެއްބާރުލުން ދެވޭނެ ދާއިރާތައް ދެނެގަންނާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފައިވެ އެވެ.




ގުޅުންހުރި
ކުރީގެ ރައީސުންގެ އޮފީސް ހަރަދު ކަނޑާލައިފި، ރާއްޖެއިން ބޭރުގައި ދިރިއުޅޭނަމަ ހިމާޔަތެއް
ރާއްޖެއަށް ޑްރަގް އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދޭ ބިލު ތަސްދީގު
ރައީސް މާދަމާ ރޭ ހެންވޭރުގެ ރައްޔިތުންނާ ބައްދަލުކުރައްވަނީ
ބަންދުގައި ތިބޭ މީހުންނަށް މިހާރު ”ވާނުވާ“ އެނގޭނެ: ރައީސް
އެއް ކޮޓަރީ ފުލެޓު މައްސަލައިގައި ރަނގަޅު ހައްލެއް ހޯދައިދޭނަން: ރައީސް
”ވާނުވާ“ގައި ތިބީ ބޮޑެތި ކުށްތަކުގެ މީހުން، އެމީހުން ދޫކޮށްލާކަށް ނުވާނެ: ރައީސް