އޯގަސްޓް 21, 2025

ކެންސަރު ޖެހިގެން ކަމަށް ބުނެ ގިނަ އަދަދެއްގެ ފައިސާ ހޯދި މައްސަލައެއް

ކެންސަރު ޖެހިފައިވާ ކަމަށް ބުނެ މަކަރާއިހިލާތުން ގިނަ އަދަދެއްގެ ފައިސާ ހޯދި މީހެއްގެ މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.

ކެންސަރު ޖެހިގެން ކަމަށް ބުނެ, މަކަރާއި ހީލަތުން ފައިސާ ހޯދި ކަމަށް ތުހުމަތުވާ އެ މީހާގެ ގެ ކައިރީގައި މިރޭ ބަޔަކު ވަނީ އަޑުއުފުލައިފަ އެވެ.

ފުލުހުން މިރޭ ބުނީ ގ. އަސްޑާ ކެފޭ ކައިރީގައި މިރޭ ބަޔަކު ހިތްހަމަނުޖެހުން ފާޅުކުރަމުންދާ ކަމުގެ މައުލޫމާތު ލިބިގެން ފުލުހުން އެތަނަށް ގޮސްފައިވާނެ ކަމަށެވެ. ފުލުހުން ބުނީ އެ މީހުން ހިތްހަމަނުޖެހުން ފާޅުކުރަމުން ދަނީ ދެ މީހެއްގެ މެދުގައި ހިނގާފައިވާ ފައިސާގެ މުއާމަލާތަކާ ގުޅިގެން ކަމަށެވެ.

އަދި އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ސޯޝަލް މީޑިއާގައި ބައެއް މީހުން ބުނީ ކެންސަރު ޖެހިގެން ކަމަށް ބުނެ އޮޅުވާލައިގެން ފައިސާ ހޯދާފައިވަނީ އަންހެނެއް ކަމަށެވެ. އަދި އެ އަންހެން މީހާ ވަނީ 300،000 ރުފިޔާ އޮޅުވާލައިގެން ހޯދައިފައި ކަމަށެވެ.

1 Comment

  • Maryam Yumna އޯގަސްޓް 12, 2024

    Bala meehaku gos angain bunegen dhookuraa laarigandehtha aee ..? Moya vaahaka nudhahkaaa..liyekiyunthakeh ves huritho balaanula ..konkamakah tho kihaavareh haradhuvaanethoves .. dheyn beynunuvefa huri laariganedeh dhinee ey kiyaabala👏👏

Leave a Reply