ދިވެހިން އާންމުކޮށް ދުފުމުގައި ބޭނުންކުރާ ފޯއް، ވިޔަފާރިއަށް ތައްޔާރުކުރަމުންދާ ތަނެއް ރެއިޑުކޮށް، ދެ ބިދޭސީއަކު އަތުލައިގެންފި އެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ބުނީ، އެ ދެ މީހުން އަތުލައިގަތީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނާ ގުޅޭ ގޮތުން މާލޭ ސިޓީ ކައުންސިލުން ހިއްސާކުރި މައުލޫމާތަކާ ގުޅިގެން އިއްޔެ ހިންގި ރެއިޑެއްގައި މ. ރީތި އޯކިޑްގެ ބަލައި ފާސްކުރުމަށްފަހު ކަމަށެވެ.
އެ ގެއަކީ ފޯއް، ވިޔަފާރިއަށް ތައްޔާރުކުރަމުންދާ ތަނަކަށްވެފައި، ސާފުތާހިރުކަން އިންތިހާއަށް ދަށް ކަމަށް ފާހަގަވެފައިވާ ތަނެއްކަމުން އެކަން ކަމާބެހޭ އިދާރާތަކުގެ ސަމާލުކަމަށް ގެނެސްފައިވާނެ ކަމަށްވެސް އިމިގްރޭޝަނުން ބުންޏެވެ.
އެ ގޭގެ ބައެއް ފޮޓޯތައްވެސް އިމިގްރޭޝަނުން ވަނީ ހިއްސާކޮށްފަ އެވެ.
އޭގެން އެއް ފޮޓޯގައި ފެންނަނީ ކޮށި ފޯއްތައް ބިންމަތީގައި ފުއްޏަކަށް ޖަހާފައިވާ ތަނެވެ. ބެލެވޭ ގޮތުގައި އެއީ އެތަނުގައި ދިރިއުޅޭ މީހުން ނިދަން ބޭނުންކުރާ ތަނެކެވެ.
އަނެއް ފޮޓޯގައި ފެންނަނީ ކޮށި ފޯއްތައް ފާހާނާ ކުރިމަތީގައި އަތުރާފައި ހުރިތަނެވެ. މުޅި އެ ސަރަހައްދު އޮތީ ހަޑިވެ މިލަވެފަ އެވެ. އަދި އެތަނުގެ ކައިރީގައި ހުރި ބޮޑު ޓައްޕަކަށް ފެން އަޅައި، ފޯއްތައް ފޯކުރަން އަޅާފައި ހުރި ފޮޓޯއެއްވެސް ހިއްސާކޮށްފައިވެ އެވެ.

16 Comments
ގުޅުންހުރި
މާންދޫގައި ހިނގި އެކްސިޑެންޓެއްގައި ޒުވާނަކު މަރުވެއްޖެ
ވީއައިއޭ އަށް 59 އަހަރު ފުރުން ފާހަގަކުރަން 59 ފޫޓުގެ ކޭކެއް
ރައީސްގެ ފަރިއްކޮޅަށް އެންމެ ދުވަހަކަށް 9،000ރ. ހަރަދުކުރި ވާހަކަ ދޮގުކޮށްފި!
ގޭމާސް ކްލަބްގެ 3އޮން3 ފުޓްސެލް މުބާރާތަށް ބޮޑު ތަރުހީބެއް، ސްޕޮންސާ ކުރުމަށް
ހުޅުމާލެ ކެފޭއެއްގެ ތެރޭގައި މާރާމަރީ ހިންގައިފި
ޓެމޫގެ ނަމުގައި އޮންލައިން ސްކޭމްތައް ހިންގުން އިތުރުވެއްޖެ