އައިޖީއެމްއެޗް އެތެރޭގައި ހުންނަ މިސްކިތުގައި ތިބި އަންހެނުންތަކަކަށް ޖިންސީ ގުނަވަން ދެއްކިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށް ބަންުދުކޮށްފި އެވެ.
އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ނައުޝާދު މޫސާ ނަމަކަށް ކިޔާ 30 އަހަރުގެ ފިރިހެނެކެވެ.
އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ފުލުހުން ބުނީ، އޭނާއަކީ މިދިޔަ ޖޫން މަހުގެ ތެރޭގައި މާލޭ ސުކޫލަކަށް ވަދެ ޖިންސީ ގުނަވަން ދެއްކި މީހެއް ކަމަށެވެ. އަދި އޭނާއަކީ ހައްޔަރު/ ބަންދު ރެކޯޑް އޮންނަ މީހެއް ކަމަށްވެސް ބުނެފައިވެ އެވެ.
ޝަރީއަތުގެ އަޑުއެހުމުގައި ތުހުމަތުވާ މީހާ ވަނީ ވަކީލަކު ބޭނުންނުވާ ކަމަށާއި އިތުރު ވާހަކައެއް ދައްކަން ބޭނުން ނުވާ ކަމަށް ބުނެފަ އެވެ. އެހެންވެ ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަސް ޖަހައިފަ އެވެ.

ގުޅުންހުރި
މެލޭޝިއާގައި ހުކުރު އަޅާ މީހުން 2 އަހަރަށް ޖަލަށް ލަނީ
ރާއްޖޭގެ ގްލޯބަލް އެމްބެސެޑަރަކަށް ވަން ޕީސްގައި ސަންޖީގެ ރޯލް ކުޅޭ ސްކައިލާ
ސަލްޓަން ޕާކު ތަރައްގީ ކުރަން ތިން މަހަށް ބަންދުކޮށްފި
ވިހެއުމުގެ ޗުއްޓީގެ މައްސަލައަކާ ގުޅިގެން ނަދާ ސެލޫން ހައިކޯޓަށް
މިއަހަރުގެ މިހާތަނަށް ތިން ލޯނަކަށް 1.3 ބިލިއަން ރުފިޔާ ނަގައިފި
ލައިންސަންސް ނެތް ނަރުހުންތަކެއް ވެސް މަސައްކަތް އެބަކުރޭ: ހެލްތު