ސެޕްޓެމްބަރ 21, 2024

މަސްވެރިން މަހަށް ދިޔުމަށް ހިތްވަރު ދިނުމަށް ކޮންމެ ދޯންޏަކަށް ތިން ޓަނު އައިސް ހިލޭ ދެނީ

މިފްކޯގެ ހުރިހާ ސެންޓަރުތަކުންނާއި ތިނަދޫ ސިޓީގެ އައިސް ޕްލާންޓުން މާދަމާ ކޮންމެ މަސް ދޯންޏަކަށް ތިން ޓަނު އައިސް ހިލޭ ދޫކުރަން ނިންމާފައިވާ ކަމަށް މިފްކޯއިން ބުނެފި އެވެ.

މިފްކޯއިން މިރޭ ބުނީ އެއީ މަސްވެރިން މަހަށް ދިޔުމަށް ހިތްވަރު ދިނުމުގެ ގޮތުންކުރާ ކަމެއް ކަމަށެވެ. އައިސް ސްޓޮކް ހުސްވަންދެން މަސް ދޯނިތަކަށް އައިސް ދޫކުރާނެ ކަމަށް މިފްކޯއިން ބުންޏެވެ.

ހިލޭ އައިސް ދިނުން ކުރިއަށް ދާނީ މާދަމާގެ ނިޔަލަށް ކަމަށް މިފްކޯއިން ބުންޏެވެ.

އެ ޖުލައި މަހުގައި ބުނެފައިވަނީ މިދުވަސްވަރު މަސްވެރިކަން ދަށްވުމާ ގުޅިގެން، މިފްކޯއަށް ކިރާ މަހުގެ އަދަދު މަދުވެ، ދަޅުމަސް އުފައްދާ މިންވަރު ދަށްވެފައިވާ ކަމަށެވެ. އެހެންވެ މިފްކޯގެ ފިހާރަތަކުން ވަޅޯމަހާއި ރިހާކުރު ފަދަ މަހުގެ އުފެއްދުންތައް ލިބުން ދަތިވެފައިވާ ކަމަށް ބުނެފައިވެ އެވެ،

މަސްވެރިންގެ އަތުން މަސް ގަނެގެން މާރުކޭޓުގައި ވިއްކާ ބައެއް މަސްވެރިން ވެސް ބުނަނީ މި ދުވަސްވަރު މަސްވެރިކަން ދަށްކަމުން، ވިއްކާނެ މަސް ލިބުން ދަތި ކަމަށެވެ.